ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިމާ ބެހޭ ގާނޫނު އޮތް ގޮތުން، ހައުސިންގ މިނިސްޓްރީއަށް ގޯތި ދޫކުރެވޭނެ ހަމައެއް ނެތް: ކުރީގެ ޕީޖީ މުއިއްޒު

ކުރީގެ ޕްރޮސެކިއުޓާރ ގެނެރަލް އަހުމަދު މުއިއްޒު: ފޮޓޯ/ ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދޫކުރުމަށް ނިންމާފައިވާ ގޯތިތައް ދޫކުރުމުގެ ހައްގު ހައުސިންގް މިނިސްޓްރީއަށް ލިބިގެން ނުވާކަމަށް ކުރީގެ ޕްރޮސެކިއުޓާރ ގެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރުމަށް ނިންމާފައިވާ ގޯތިތަކުގެ ވަގުތީ ލިސްޓެއް އާންމުކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ މީހުންދަނީ އެކި ޝަކުވާތައް ކުރަމުންނެވެ. އިދިކޮޅުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ފަރާތްތައްވެސް ގޯތި ދިނުމުގެ އުސޫލާއިމެދު ސުވާލުތައް އުފައްދަމުންދާއިރު، މުއިއްޒުވަނީ މިހާރު ދިނުމަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނުދެވޭނެކަމަށް ހިއްސާކުރައްވާފައެވެ.

އޭނާ ހަވާލާދެއްވީ ބަނޑާރ ގޯތި ދޫކުރުމާއި ގުޅޭގޮތުން އެކުލަވާލެވިފައިވާ ގާނޫނަށެވެ. އެ ގާނޫނުގެ 10 ވަނަ މާއްދާގައިވާގޮތުން، ދިރިއުޅުމަށާއި އިމާރާތްކުރުމަށް އެ ގާނޫނުގެ ތިންވަނަ މާއްދާ އާއި ހަތަރުވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިމުން ދިރިއުޅުމަށް ގޯތި ދޫކުރާނީ މިނިސްޓްރީ އިން ކަނޑައަޅައި އާންމުކޮށް ޝާއިއުކުރާ އުސޫލުތަކާއި ކަމާބެހޭ ގަވައިދުތަކާއި އެއްގޮތް ވާގޮތުގެމަތިން މިނިސްޓްރީއިން ކަނޑައަޅާ އުސޫލަކުން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންނެވެ.

މުއިއްޒުވަނީ ގާނޫނުގެ އެ މާއްދާގެ ފޮޓޯއެއް ހިއްސާކޮށް، ގޯތި ދޫކުރެވޭނީ ކައުންސިލުތަކުންކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން ބިމާ ބެހޭ ގާނޫނުގައި އެ މާއްދާ އޮތް ހިނދު ހައުސިންގް މިނިސްޓްރީއަށް ގޯތި ދޫކުރުމުގެ ހައްގުތައް ލިބިގެންދާނެ ހަމައެއް ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: