ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރްޑީސީގެ އެއްވެސް މީހެއްގެ އެކައުންޓަށް އެ ބުނާ ފައިސާތައް ވަދެފައެއް ނުވޭ: މޫސާ އަލީ މަނިކު

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އާރްޑީސީގެ 13 މިލިއަން ރުފިޔާ ގެއްލިގެން އުޅޭކަމަށް ބުނާ ވާހަކަތަކަކީ އެއްވެސް އަސްލަެއް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ މޫސާ އަލީ މަނިކް ވިދާޅުވެއްޖެއެވެ.

އާރްޑީސީގެ ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާކަމަށް އަދި އެކުންފުނީގެ އިސް ފަރާތްތައް އެ މައްސަލައިގައި އިހުމާލުވާކަމަށް ބުނެ މީޑިއާތަކުގައި ރިޕޯޓުކުރެވެމުންދާއިރު، “ސަންގު” އިން ވަނީ މި މައްސަލައިގެ މައުލޫމާތުތައް ސާފުކުރުމަށް މޫސަ އާއި ގުޅާފައެވެ.

އޭނާ ވިދާޅުވީ، އެފަދަ މައްސަލައެއް ބެލެމުންދާކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުންގެ މުއައްސަސާއިން ހިއްސާކޮށްފައިނުވާކަމަށެވެ. އަދި އޭނާ އަށް އެހެނިހެން ގޮތް ގޮތުން މައުލޫމާތުތައް ލިބުމާއިއެކު، އެ މައްސަލައިގެ ކަންކަން ކޮންމެވެސް ވަރަކަށް ބައްލަވާފައިވާކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ކުންުފުނީގެ ސީއެފްއޯގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިނުވާކަން އެނގިފައިވާކަމަށެވެ. އަދި އެހެން އެއްވެސް މުއައްޒިފަކުގެ އެކައުންޓަށްވެސް ފައިސާތަކެއް ޖަމާކުރިކަން ފެންނަން ނެތްކަމަށް އޭނާ ބެއްލެވި ބެއްލެވުމުން ފާހަގަކުރެއްވުނުކަމަށް ވިދާޅުވިއެވެ.

މޫސާ ވިދާޅުވީ، އޭނާގެ އެކައުންޓުންވެސް އެފަދަ އެއްވެސް މުއާމަލާތެއް ފާހަގަނުކުރެވޭނެކަމަށެވެ. އަދި އެކަން ކަށަވަރު ކުރުމަށް ބޭނުންވެވަޑައިގަންނަވާ ފަރާތްތައް އެކަން ކުރައްވަންވީކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާވަނީ މި މައްސަލައާއި ގުޅިގެން ސޯޝަލްމީޑިއާގައި ނޫހެއްގެ ލިޔުމަކަށް އަލިއަޅުއްވައި ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އޭނާ އަދި ސީއެފްއޯގެ މައްޗަށްވެސް ފައިސާތަކެއް ވަގަށް ނެގުމުގެ ތުހުމަތުކުރެވި ފުލުހުން މައްސަލަ ބަލަންފަށާފައިވާކަމަށް ބުނާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އަދި ވައްކަން ކުރުމަށްފަހު އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަން އޭނާ އެއީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން ނޫންކަމަށްވެސް ފާހަަގަކުރެއްވިއެވެ.

މޫސާ ވިދާޅުވީ، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުން އެކަންވެސް ފެންނަން ހުނާނެކަމަށެވެ. އަދި ނޫސްތަކުގައި “ކުރުވާހަކަ” ލިޔާއިރު، ގަބޫލުކުރެވޭ ފަދަ ގޮތަކަށް ލިއުމަށް އިލްތިމާޒްކުރައްވާކަމަށެވެ.

މޫސާ މި ވާހަކަތައް ދޮގުކުރައްވާފައިވާއިރު، ފުލުހުންގެ މުއައްސަސާއިންވަނީ އާރްޑީސީ އާއި ގުޅުންހުރި މައްސަލައެއް ތަހުގީގުކުރަމުންދާކަމަށެވެ. އެހެންނަމަވެސް އެކަމާއި ގުޅުން ހުރި އިތުރު ތަފްސީލުތަކެއް ދީފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: