ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޝިޔާރު ކަނޑައަޅައިފި

ރައީސް ޔާމީންގެ ސްލޯގަން އިފްތިތާހް ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ އެންމެބޮޑު އަދި މެމްބަރުން ދެވަނައަށް ގިނަޕާޓީ ޕީޕީއެމްއިން، އެޕާޓީގެ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ސްލޯގަން ނުވަތަ ޝިޔާރު އިފްތިތާހްކޮށްފިއެވެ.

ރައީސް ޔާމީން 2023 ގެ ނަމުގައި އެކުލަވާލި ޝިޔާރަކީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅުން ވާދަކުރާނެ ކެންޑިޑޭޓް ރަމްޒުކޮށްދޭނެ ޝިޔާރެއްކަމަށް އެޕާޓީގެ ލީޑަރޝިޕުންވަނީ ބުނެފައެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓް އެންމެ ފުރަތަމަ ހަވާލުކުރެވުނު ސިޔާސީ ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. ޔާމީނަށް ޓިކެޓް ހަވާލުކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވުނު ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އަނެއްކާވެސް މަސައްކަތް ކުރައްވާނީ ގައުމާއި ރައްޔިތުންނާއި ދީން ދިފާއުކުރުމަށް ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޔާމީން ވެވަޑައިގަތުމާއިއެކު، އެމަނިކުފާނު ނުހައްގުން ޖަލަށްލާފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

އަބްދުއްރަހީމް ވިދާޅުވީ އިއްތިހާދެއްގެ ތެރެއިން ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމް އަށް ފުރުސަތުދޭންޖެހޭ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފޮމިއުލާ ހޯދުމަށް ހުރިހާ ސިޔާސީ ޕާޓީތަކުން ފޯރީގައި މަސައްކަތްކުރާއިރު، މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސަލައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ.

ޖުމްލަ 282،000 އަށް ވުރެ ގިނަ ރައްޔިތުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވާއިރު، އިދިކޮޅުން އިއްތިހާދުވެފައިވަނީ ޑިމޮކްރެޓްސް އާއި އެމްއެންޕީގެ އިތުރުން ޕީއެންސީ އާއި އެވެ. އިއްތިހާދަކުން ވެރިކަން ދެވަނަ ބުރުން ހޯދާ ސަގާފަތެއް ޒަމާނުއްސުރެ ރާއްޖޭގައި އޮންނަކަން ތާރީހު ހެކިދެއެވެ.

މާޒީވެދިޔަ އިންތިހާބުތަކަށް ބަލާއިރު، ޖުމްހޫރީ ޕާޓީއާއި ޔާމީންގެ އޭރުގެ އެކުވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދުގެ އެމްޑީއޭ އާއި ޕީޕީއެމްއިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ފަސޭހަކަމާއި އެކު ކާމިޔާބުކުރިއެވެ. އޭގެ ދުވަސްތަކެއް ފަހުން ޖޭޕީ ކޯލިޝަނުން ވަކިވިއެވެ. އަދި ރައީސް މައުމޫނުގެ މިންނަތް މަސައްކަތުން ރިޔާސީ އިންތިހާބު ޔާމީން ކާމިޔާބު ކުރީ ހަނިފުރުސަތަކުންނެވެ.

ސުޕްރީމް ކޯޓުގެ ގައިޑްލައިންތަކާއި އިންތިހާބުގައި 3 ބުރަށް ވޯޓްލައިގެން އިންތިހާބަށް މަކަރުހަދައި އޮޅުވާލި ކަމަށް އެމްޑީޕީ އިން ދިޔައީ ބުނަމުންނެވެ. އެމްޑީޕީ އިން 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް އެކި މުޒާހަރާތައް ކޮށް އެދުވަސްވަރު އުފެދިފައިވާ އިންތިހާބީ ވެރިކަން ބަދަލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ދިޔައީ ކުރަމުންނެވެ.

ރައީސް ޔާމީންގެ ތަރައްގީގެ މައިތަނބު ކަމަށްވާ ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލާއި އަދި މިނޫނަސް ޕީޕީއެމްގެ ސަރުކާރުގައި ގެނެސްދިން ތަރައްގީ އާއި ހިންގި މަޝްރޫއުތަކުގެ ވާހަކަ އެޕާޓީގެ ލީޑަރޝިޕްގެ މެމްބަރުންނާއި އާއްމު ރައްޔިތުން ހަރުއަޑުން ގޮވަމުންދާއިރު، ވެރިކަންކުރާ އެމްޑީޕީ އިން ރިޔާސީ ޕްރައިމަރީގައި ބުނަމުންދިޔައީ ދެޓަވަރު ތެރެއިން އެއްޓަވަރު އޮޅާލާފައިލީ ފައިކޭޓަށް ކަމަށެވެ.

އިދިކޮޅު ޕީޕީއެމް އަށް އެމްޑީޕީއިން ރައްދުދެމުންގެންދާ މިދަނޑިވަޅުގައި ޑިމޮކްރެޓްސްއަށް ދާދިފަހުން ސޮއިކުރެއްވި އެމްޑީޕީގެ ކުރީގެ ރައީސް ވަނީ މިސަރުކާރުން އަމީނީ މަގުގެ މަސައްކަތް ސްލޯ ކަމާއި ލަސްކަމުގެ ވާހަކަ ދައްކާފައެވެ.

ރިއެކްޝަނެއްނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވިދާޅުވަމުންގެންދެވިއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްވިދާޅުވީ ރިއެކްޓް ނުކުރެއްވަނީ ވަގުތާއި ހާލަތަށް ބައްލަވާފައިކަމަށެވެ.

ހުރިހާ ސިޔާސީ ފިކުރުގެ ހުރިހާ ލީޑަރުން ގޮވައިގެން ކޯލިޝަނެއް ދެމެހެއްޓުނު ހަމައެކަނި ވެރިއަކީ ރައީސް ސާލިހް ކަމަށް އެމްޑީޕީގެ މެމްބަރުން ބުނަމުންދާއިރު، އިދިކޮޅުން ބުނަމުންދަނީ މިސަރުކާރު ސްލޯ ކަމަށާއި މިސަރުކާރުން ރައީސް ޔާމީން ބަންދުކޮށްގެން ގެންގުޅެމުންދަނީ އެމަނިކުފާނު އިންތިހާބު ކާމިޔާބުކޮށްފާނެތީ ކަމަށެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު ރައީސް ޔާމީން މިނިވަންކުރުމަށް މަސައްކަތްކުރި ނަމަވެސް ޝަރުއީ ކޯޓްތަކުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑަރކުރި ކަމުގެ ކުށަކީ ރަނގަަޅަށް ކޮށްފައިވާ ހުކުމެއް ކަމަށް ބުނެފައިވެއެވެ.

11 އަހަރުދުވަހުގެ ޖަލުހުކުމް ރައީސް ޔާމީން ތަންފީޒްކުރައްވަމުން ގެންދަވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. އެދުވަހަށް ފަހު މިއަދާ ހަމައަށް ހުކުމަށް 8 މަސްދުވަސްވެފައިވާއިރު، މިހާތަނަށް ބޭއްވުނު ހުރިހާ ޝަރީއަތްތަކެއްގައި ރައީސް ޔާމީނަށް ވަނީ ނާކާމިޔާބާއި ކުރިމަތިލާންޖެހިފައެވެ.

ވ އާރަށާއި، ރ ފުއްގިރި އާއި ވޮޑަމުލާ، ފަތުރުވެރިކަމަށް ތަރައްގީކުރުމަށް ދޫކުރުމަށް ބިޑަކާނުލައި ދޫކޮށް އެފައިސާ އެސްއޯއެފް މެދުވެރިކޮށް ރައީސް ޔާމީންގެ އެސްކްރޯ އެކައުންޓަކަށް ޖަމާވި ކަމަށް ނިންމައި ޔޫސުފް ނައީމާއި އަދިވެސް އެމައްސަލައިގައި ޝާމިލްވާ ކުރީގެ އެމްއެމްޕީއަރުސީގެ އެމްޑީ ހުސައިން ޒިޔަތު ހިމެނޭހެން ޔާމީންގެ ޝަރީއަތުގައި ވަނީ ހެކިބަސްދީފައެވެ.

ޔާމީންގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ޝަރީއަތްތައް ކުރިއަށްދާއިރު، އިދިކޮޅުގެ އެންމެބޮޑު ކަންބޮޑުވުމަކީ ކޯޓުން އެމަނިކުފާނު މިނިވަންވުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީއެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ރެއާދުވާލު ކެނޑިނޭޅި އިދިކޮޅުން ކުރަމުންދާ މަސައްކަތް ކޮޅެއްގައި ޖައްސާނީ އެމަނިކުފާނު މިނިވަންކޮށްފައިކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނޭ ރައީސްޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބުރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވަނީ ވިދާޅުވެފައެވެ. ޑރ ޖަމީލްގެ އިތުރުން ދެންވެސް ތިއްބެވި އިތުރު ބޭފުޅުން ވިދާޅުވަމުންގެންދަވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: