ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ރިޒާވު ބެންކުން ލާރި ނަގައިގެން ދައުލަތުގެ މާލިއްޔާތު ހަމަނުޖެއްސިއްޖެޔާ ފައިސާ ޗާޕުވެސް ކުރާނެ: ސައީދު

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އިންޑީއާގެ ސަރުކާރާއިއެކު ގާއިމުކުރި ކަރަންސީ ސްވޮޕްއެއްބަސްވުމުގެ ނާޖާއިޒް ފައިދާ ނަގަމުންދާކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޖުމުލަ މާލީ ހާލަތު އިންތިހާއަށް ދަށަށްގޮސްފައިވާކަމަށް ފާހަގަކުރައްވާ ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާާޅުވީ، މިހާރު ދައުލަތުގެ ރިޒާވުގައި ހުރި ފައިސާ ވަނީ 100 މިލިއަނަށްވުރެ ދަށަށް ގޮސްފައިކަމަށެވެ. އޭނާ ވިދާޅުވީ، ފާއިތުވި ޖޫން މަހުގެ ތެރޭގައި އެކަނިވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން 1 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވާކަމަށެވެ. އަދި މިހާރު ގައުމީ ދަރަނީގެ އަދަދުތައް ހުރީ 114 ބިލިއަން ޑޮލަރާއި ގާތް އަދަދެއްގައިކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، 2023 ވަނަ އަހަރަކީ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރުކަމަށްވުމުން، ދިވެހި މާލިއްޔާތުގައި ހުރި ފައިސާގެ އަދަދުތައް ދަށަށް ދިއުމުން، އިންޑިއާގެ ރިޒާވު ބެންކުން ފައިސާ ނެގުމަށްފަހު، ރާއްޖޭގެ ރައްޔިތުންގެ އެކައުންޓަށް ފައިސާކޮޅު ޖަމާކޮށްލާ އިތުރުކުރާކަމަށެވެ. އަދި އެއަށްފަހު ބޮޑު އަގުގައި ޓީބިލުތައް ދޫކުރާނެކަމަށާއި އެގޮތުގެ މަތިން ހަރަދުތައް ހަމަނުޖެއްސިއްޖެ ހާލަތެއްގައި ފައިސާ ޗާޕުކުރާނެކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު އެއްވެސް ހަރަދަކަށް ޒިންމާވާން ނުޖެހޭ ގޮތަށް އެޖެންޑާ 19ގެ މަޖިލީހުން މިހާރުވަނީ ގާނޫނު ފާސްކޮށްފައިކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު ކުރައްވަމުންދާ ގޮތަށް ވެރިކަން ކުރައްވަމުން ސުކޫލެއް މަކްތަބެއް އަދި މަދަރުސާއެއްވެސް ބޭނުން ނުވާނެކަމަށެވެ.

އިންޑީއާގެ ސަރުކާރާއިއެކު 2022 ވަނަ އަހަރު ގާއިމުކުރި ކަރަންސީ ސްވޮޕް އެއްބަސްވުން ބޭނުންކުރަމުންދަނީ ދައުލަތުގެ މާލިއްޔާތުގައި ހުރި ފައިސާގެ އަދަދުތައް ދަށަށް ދިއުމުން އެކަން ހަމައަކަށް އެޅުވުމަށްކަމަށް ސައީދު ތުހުމަތުކުރެއްވިއިރު، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދިވެހި މާލިއްޔާތުގެ އަދަދުތައް 500 މިލިއަން ޑޮލަރަށް ދަަށަށް ދިޔަކަމަށާއި އެހެންނަމަވެސް އަހަރު ނިމިގެންދިޔަ އިރު އިންޑިއާ އާއިއެކު ގާއިމުކުރެވުނު އެއްބަސްވުމުގެ ސަބަބުން އެ އަދަދުތައް 800 މިލިއަން ޑޮަލަރަށް ރުޖޫއަކުރެވުނުކަމަށް ވޯލްޑުބެންކުގެ ލިއުމެއްގައިވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: