ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަން ސެންޓްރަލް ޕާކްގެ މަސައްކަތް ނިންމާލައިފި

މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މިކްސްޑް ރެެސިޑެންޝަލް މޮޑެލް އަށް ޑިޒައިންކޮށްފައިވާ ވަން ސެންޓްރަލް ޕާކް ރެސިޑަންސްގެ މަސައްކަތް ނިންމައި އެއިމާރާތް ހުޅުވައިފިއެވެ.

ދެއަހަރު ދުވަހުން މަސައްކަތް ފުރިހަމަކުރި ޕާކްގެ މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ ކުންފުންޏަކުންނެވެ.

ޕާކްގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމްއެވެ.

ވަން ސެންޓްރަލްޕާކްގެ މަސައްކަތްކޮށްފައިވަނީ އިންޑިއާގެ ސެންޑަލް މޮރިޝަސް ކުންފުނީގެ ފަރާތުންނެވެ. ޖުމްލަ 2.2 މިލިއަން ރުފިޔާގެ މި މަޝްރޫއުއަކީ މިސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ކުރެވިގެންދިޔަ މަސައްކަތެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މާލޭގެ ރައްޔިތުންނާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ދަތިކަމަށް ތަސައްލީއެއް ހޯދައިދިނުމުގެ މަގުސަދުގައި ފެށި ގިނަ ހައުސިންގ މަޝްރޫއުތައް ނިންމަމުންދަނީ ބާރު ސްޕީޑްގައެވެ.

މީގެ އިތުރުން އިންޑިއާގެ ޓާޓާ ކުންފުނިން މާލޭގައި އިމާރާތްކުރަމުންގެންދާ ފްލެޓް އިމާރާތްތަކާއި ހުޅުމާލޭގައި ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން އަޅާ އިމާރާތްތަކުގެ މަސައްކަތް ނިންމަމުންދާ ކަމަށްވެސް ހައުސިންގ މިނިސްޓްރީގެ ފަރާތުން ވަނީ ބުނެފައެވެ.

ދާދިފަހުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ގޯއްޗާއި ފްލެޓް ދިނުމުގެ މަޝްރޫއުގެދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހިޔާފްލެޓްތަކުގެ ކުލި މިސަރުކާރުން ވަނީ ކުޑަކޮށްދީ ރައްޔިތުންނަށް އެފްލެޓްތަކުގައި ދިރިއުޅެވޭނެ މަގުފަހިކޮށްދީފައެވެ.

ހިޔާފްލެޓްގެ ކުލި ކުޑަކޮށްދިނުމަށް ހިޔާ ޔުނިއަނުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ބައްދަލުކޮށް ހިޔާފްލެޓްތަކުގެ ފިނިޝިންގ މަސައްކަތަށް ބޮޑެތި ހޭދަތަކެއް ކުރެވިފައިވާ ކަމަށް ބުނެ މަޝްވަރާތަކެއް ކުރެވިގެންދިޔައެވެ.

ރައީސް ސާލިހާއި އެކު ކުރެވިގެންދިޔަ މަޝްވަރާތަކަށްފަހު ހިޔާފްލެޓްގެ ކުލިކުޑަކުރުމަށް ނިންމައި އެކަން އިއުލާންކުރެވިގެންދިޔައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: