ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީއިން ލ އަތޮޅުގައި ކެމްޕެއިން ފުޅާކުރަނީ

ޖުމްހޫރީ ޕާޓިގެ ފަރާތުން ލ އަތޮޅަށް ވަޑައިގަތް މެމްބަރުން: ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީއިން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕެއިން މަސައްކަތްތަކުގައި ލ އޮތޮޅަށް ގޮސްފިއެވެ.

އެ ޕާޓީއިން ހިއްސާކޮށްފައިވާގޮތުން، އެ ޕާޓީގެ މެމްބަރު ލ އަތޮޅަށް ކުރާ ޒިޔާރަތަކީ ރިޔާސީ ކެނޑިޑޭޓު އަދި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕެއިން ލ އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކެކެވެ. އަދި މި ހަރަކާތުގައި ދެކުނު މެނޭޖަރު ސްޕެޝަލް އެންވޯއި އިލްހާމު އަހުމަދު ބައިވެރިވެވަޑައިގަންނަވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ޖޭޕީގެ މެމްބަރު ލ އިސްދޫ އަށް ކުރާ ޒިޔާރަުގައި އިލްހާމްގެ އިތުރުން، ޑެޕިއުޓީ ލީޑަރު އަލީ ޝާހު އަދި ޕާޓީގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދުގެ އިތުރުން ސެކެޓްރީ ޖެނަރަލް އަލީ އާރިފް އާއި އެހެނިހެން ބައެއް ކައުންސިލު މެމްބަރުން ބައިވެރިވާކަމަށް ޕާޓީ އިންވަނީ ހިއްސާކޮށްފައެވެ.

ގާސިމްގެ ރިޔާސީ ކެމްޕެއިންގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދާކަމަށް ޕާޓީއިން ހިއްސާކޮށްފައިވާއިރު، އެ މަނިކުފާނާއި އެކު ކޯލިޝަން ހެދުމަށްޓަކައި މީގެ ކުރިން ރައީސް ނަޝީދުގެ ޑިމޮކްރެޓްސްއިންވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް ބައެއް ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އެ މަސައްކަތްތައް ހުއްޓިފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: