ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިދީންނަށް ހާއްސަ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލުގައި ގައިދީންނަށް އަމާޒުކޮށްގެން ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ، ގައިދީންނަށް ހާއްސަކޮށްގެން ހިންގާ ރިހިބިލިޓޭޝަން ޕްރޮގްރާމްގައި 55 ގައިދީއަކު ބައިވެރިވެފައިވާ ކަމަށެވެ.

ރިހިބިލިޓޭޝަން ޕްރޮގްރާމްގެ އަމާޒަކީ ގައިދީން އިސްލާހުކޮށް އަލުން އަނބުރާ މުޖުތަމައު އަށް ނެރުން ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ކަރެކްޝަންސްގެ ފަރާތުން ގައިދީންނަށް ހާއްސަކޮށްގެން ރިހިބިލިޓޭޝަނާއި ގުޅުން ހުރި ޕްރޮގްރާމްތައް ދޭތެރެދޭތެރެއިން ހިންގަމުންގެންދެއެވެ. ރިހިބިލިޓޭޝަން ޕްރޮގްރާމަކީ ގައިދީންނަށް މުޖުތަމައުގެ ތެރޭގައި ދިރިއުޅޭނެ ގޮތާއި އަހްލާގާއި މަސައްކަތުގެ މާހައުލަށް ހޭލުންތެރިކަން އިތުުރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށްވެސް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.

މާފުށީ ޖަލުގެ އިތުރުން އައްސޭރި ޖަލާއި މާލޭ ޖަލު އަދި ގައިދީންނާއި ގުޅުންހުރި އެންމެހައި ކަންތައްތަކެއް ކަރެކްޝަންސް ސާވިސް އިން ގެންދަނީ ބަލަހައްޓަމުންނެވެ.

ޖަލުތަކާއިބެހޭ ގާނޫނު އިސްލާހުކުރުމަށް މިސަރުކާރުން މަސައްކަތްކުރަމުންގެންދާއިރު، ޖަލުތަކާއި ބެހޭގޮތުން ހިންގި ސާރވޭއެއްގައި ޖަލުތަކުގެ ހާލަތު ދެނެގަނެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު، ގައިދީންނަށް އަމާޒުކޮށްގެން ހިންގާފައިވާ ދަސްވެނިވުމުގެ މުނާސަބަތެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ގައިދީންގެ އިންތިޒާމްތައް ޖަލުތަކުގައި ވީއެންމެ ރަނގަޅަށް ފުރިހަމަކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މަންޑޭލާ ރޫލްސް އާއި ޖަލު އޮފިސަރުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުމާއި، ޖަލުތަކުގެ ޖާގަބޮޑުކުރުމަށް އިތުރު އިމާރާތްތައް ބިނާކުރުންފަދަ މަސައްކަތްތައް ހުސްވި 2022 އަހަރާއި މިއަހަރުގެ ތެރޭގައި ދަނީ ކުރެވެނުންނެވެ.

ޖަލުތަކާއި ބެހޭ ގާނޫނަށް އިސްލާހެއް މަޖިލީހަށް ހުށަހެޅި އެއިސްލާހަށް ވަނީ ބަހުސްކުރެވިގެން ގޮސްފައެވެ. އެގޮތުން ކްލެމިންސީ ބޯޑުުން ނިންމާ ނިންމުންތަކާއި ހުކުމްތަންފީޒްކުރަމުންދާ ގައިދީންނަށް ކުށަށް އަފްއާމް ދިނުމާއިބެހޭ ގޮތުން މަޖިލީހުގައި ވަނީ ބަހުސްތަކެއް ކުރެވި އިސްލާހުތަކެއް ހުށަހެޅިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: