ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލާގެ ވާވެއްދިފަޅު ވިއްކުން ހުއްޓުވި އެންގުން ބާތިލު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލާ ކުންފުނީގެ ކ. ވާވެއްދިފަޅު ނުވަތަ ވާރެއްދޫ ފަރު ވިއްކުމުގެ، މުއާމަލާތް ހުއްޓުވުމަށް އެންގި އެންގުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބާތިލުކޮށްފި އެވެ.

308 މިލިއަން ރުފިޔާގެ މި މުއާމާލްތް އޭސީސީން ހުއްޓުވާފައި ވަނީ، ކުރަމުންދާ ތަހުގީގަކާއި ގުޅިގެންކަމަށް ބުނެ އެވެ. އަމިއްލަ މީހެއްގެ ނަމުގައި އޭސީސީއަށް ހުށަހަޅާފައިވާ މި މައްސަލައިގައި އެންގި އެންގުން ބާތިލުކޮށް އޭސީސީން ބުނީ ކޮމިޝަނުން އެގޮތަށް ނިންމާފައި ވަނީ އެ ނިންމުން ދަމަހައްޓަންޖެހޭކަމަށް ނުފެންނާތީ ކަމަށެވެ.

ފަޅުގެ މައްސަލައިގައި ގާސިމް ވަނީ ކަންބޮޑުވުންފާޅުކޮށް، ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާއި ހިލާފުވެފައިވާކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުގެ ގޯސްތައް ފާހަގަކޮށް ގާސިމް ވަނީ، ރައީސް ސޯލިހު ގެއަށް ވަޑައިގަތުމަށް ވެސް ގޮވާލާފަ އެވެ.

އެ ތުހުމަތުތައް ދޮގުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މިނިވަން މުވައްސަސާތަކުގެ ޒިންމާއަށް ސަރުކާރުން ބަސް ނުބުނާނެ ކަމަށެވެ.

ވާވެއްދި ފަޅަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދޫކުރި ބޭނުމާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ނުދާކަމަށް ބުނެ ވިލާ ގުރޫޕުގެ އަތުން އަތުލި ފަޅެކެވެ.

މައްސަލައިގައި ސަރުކާރުން އެއްބަސްވުން ބާތިލު ކުރީ ގާނޫނާއި ހިލާފަށްކަމަށް ބުނެ ހުށަހެޅުމުން ކޯޓުގައި މައްސަލަ ނިމުނީ ގާސިމާއި އެއްކޮޅަށެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމާއި އެކު މިދިޔަ އަހަރު ވާވެއްދި ފަޅު ވިލާއަށް ލިބުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: