ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ވައުދެއްވެއްޖެއްޔާ، އެ ވައުދު ފުއްދަވާނެ: ޝަރީފް

ސެޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް، ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ ވައުދެއްވެއްޖެނަމަ އެ ވައުދެއް ފުއްދަވާ ބޭފުޅެއްކަމަށް ސެޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރިއަށް ގެންދަވާ ”އުފާވެރި އަމާން ރާއްޖެ“ ކެމްޕެއިންގެ ތެރެއިން ރޭ ކ މާފުށީގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ރައީސް ސާލިހު ސިފަކުރެއްވީ ނަމޫނާ ޝަހުސިއްޔަތެއްގެ ގޮތުގައެވެ.

އެންމެ ފުރަތަމަ ސިޔާސީ މަޝްރަހަށް ނިކުތްއިރު، ފެނުނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަންކަމަށް ފާހަގަކޮށް ޝަރީފް ވިދާޅުވީ އެއަށްފަހު ޑރ މުހައްމަދު ވަހީދުގެ ވެރިކަމާއި، އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަންވެސް ފެނިފައިވާކަމަށެވެ.

މިހުރިހާ ވެރިންގެ ތެރެއިންވެސް އެންމެ ވަރުގަދަ ޝަހުސިއްޔަތަކީ ރައީސް ސާލިހުކަމަށް ވިދާޅުވެ، އޭނާ ރައީސް ސާލިހަށް ހުޝާމަތުކުރަނީ ސަރުކާރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށްވީމައި ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

މީ ހަގީގަތް، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހުރިއްޔާއަކީ އޯގާތެރި ބޭފުޅެއް. ހިކުމަތްތެރި ބޭފުޅެއް، ރައްޔިތުންގެ އަޑު އައްސަވާ ބޭފުޅެއް. ރައްޔިތުންނަށް ވައުދެއް ވެވަޑައިގެންފިނަމަ އެ ވައުދެއް ފުއްދަވާ ބޭފުޅެއް.

ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރައީސް ސާލިހަކީ، އޯގާތެރި ހިކުމަތްތެރި ބޭފުޅެއްކަމަށާއި، އަދި ރައްޔިތުން ގާތުގައި ވައުދެއްވެވަޑައިގެންފިނަމަ އެ ވައުދެއް ފުއްދަވާ ބޭފުޅެއްކަމަށެވެ. ރައީސް ސާލިހަކީ ރައްޔިތުން ބޭނުންވާފަދަ ވެރިއެއްކަމަށާއި، ރައީސް ސާލިހު ދެވަނަ ދައުރަކަށް ހޮވަން ބޭނުންވާ ސަބަބަކީވެސް މިއީކަމަށް ޝަރީފް ވިދާޅުވިއެވެ. ތަރައްގީގެ މުއްދަތަކީ 10 އަހަރުކަމަށް ފާހަގަކޮށް ޝަރީފް ވިދާޅުވީ މި ދައުރުގެ 5 އަހަރުގެ ތެރެއިންވެސް 2 އަހަރު ދުނިޔެ އޮތީ ހުއްޓިފައިކަމުން، ވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރަން ނުލިބުނުކަމަށެވެ.

ނަމަވެސް މި ދައުރުގައި ވެރިކަން ކުރަން ލިބުނު 3 އަހަރުގެ ތެރޭގައި ވޭތުވެދިޔަ ދައުރުތަކުގައި ނުކުރެވިވާ ހުރިހާ މަސައްކަތްތަކެއްކޮށް ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: