ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް އަދި އަލީގެ ހިތުގައިވެސް އެކަކު އަނެކާއަށް އޮތީ ކުލުނާއި އިހުތިރާމް!

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު: ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާއާއި ފުރައްސާރައިގެ ތުހުމަތުތައް ކުރެވި، އަހަރުތަކެއް ބޭރު ގައުމެއްގައި ހޭދަކުރެއްވުމަށްފަހު، ރާއްޖެ ވަޑައިގެންފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަދި ޖޭޕީގެ ކުރީގެ ރައީސް އަލީ ވަހީދާއި އިސް ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ބައްދަލުކުރެއްވި އިރު ގާސިމްގެ މޫނުމަތިން ފެނިގެންދިޔައީ އުފާވެރިކަމާއި އުންމީދުގެ ކުލަވަރުތަކެވެ.

ގާސިމް އާންމުކުރެއްވި ވީޑިއޯއެއްގައި އޭނާވަނީ އަލީ ވަހީދާއިމެދު ދެކިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައެވެ. އެގޮތުން އަލީ އަށް ކުރައްވަން ޖެހިވަޑައިގަތް ދަތުރަކީ ހަޔާތެއް ބިނާކުރެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންދަނިކޮށް ކުރިމަތިވެގެންދިޔަ ގޮންޖެހުންތަކެއްކަމަށް ގާސިމް ސިފަކުރެއްވިއެވެ. އަލީ ވަހީދަށް ތައުރީފުކުރައްވާ ގާސިމް ވިދާޅުވީ، އޭނާއަކީ ކޮވިޑްގެ ދަތި ދުވަސްވަރުގައި އެންމެ ފާހަގަކުރެއްވިފައިވާނެ މިނިސްޓަރުކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށްވެސް އެއީ ހަގީގަތްކަން އެނގިވަޑައިގަންނަވާނެކަމަށް ގަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އިނގިރޭސިވިލާތުގައި ނުރައްކާތެރި މީހުން ބަންދުކުރެވިފައިވާ ޖަލެއްގައިވެސް އަލީއަށް ދުވަސްތަކެއް ތަހައްމަލުކުރަން ޖެހިވަޑައިގެންނެވިކަމަށެވެ. އެހެންނަމަވެސް ވިސާގެ މައްސަލައިގައި ޖަލަށް ލެވުނީ ނުހައްގުންކަމަށް ސާބިތުވުން މިނިވަންވެވަޑައިގެންނެވިކަމަށް ފާހަގަކުރެއްވިއެވެ. އަދި އަލީވަހީދަށް އެކަމުގެ ސަބަބުން ލިބިވަޑައިގެންނެވި ގެއްލުންތަކަށް ބަދަލު ހޯއްދެވުމަށް ދައުވާ ކުރުމުގެ ހައްގުވެސް ލިބިވަޑައިގެންފައިވާކަމަށް ގާސިމް އިޝާރާތްކުރެއްވިއެވެ. ގާސިމްވަނީ ރާއްޖޭގައި އޭނާގެ މައްޗަށް ކުރެވިގެންދިޔަ ތުހުމަތުތައްވެސް ބޮލުން ނެއްޓި، ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައިވެސް މާފު ލިބިފައިވާކަމަށެވެ. އެހެންކަމުން އޭނާވަނީ އަލީ އަށް މަރުހަބާ ވިދާޅުވެފައެވެ.

ޅަ އުމުރާއި ދުވަސްވުމުންވެސް އެކި ގޮންޖެހުންތައް ކުރިމަތިވާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދުނިޔަވީ ހަޔާތުގައި “އަޕް އެންޑް ދައުން” އަންނާނެކަމަށެވެ. އަދި ކުރިމަތިވާ ދައްޗެއްގެ ސަބަބުން މީހާ ބަރުބާދުވެގެންދިއުމަކީ ވެގެންވާނެކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ، ވިސްނުންތެރި ގާބިލު މީހުން ގައުމަށް ބޭނުންވާކަމަށެވެ. އަދި އަލީ އަކީ އެފަދަ ފަރާތެއްކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން ހަސަދަރަވެރިންގެ ފަރާތުން ބައެއް ފިއްތުންތައް ކުރިމަތިވާ ފަހަރުތައްވެސް އަންނާނެކަމަށާއި މި ފަހުންވެސް އަލީއަށް ކުރިމަތިވެގެންދިޔައީ އެފަދަ ކަމެއް ނަމަވެސް މިހާރު ހުންނެވީ ސަލާމަތްވެވަޑައިގެންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

އަލީ ވަހީދުވެސް ވަނީ ގާސިމް އާއިމެދު ދެކިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައެވެ. އެގޮތުން، އޭނާގެ ހާލަތުން އަރައިގަނެވުމާއިއެކު އެންމެ ފުރަތަމަވެސް މަރުހަބާ ވިދާޅުވީ ގާސިމްކަމަށްވުމުން، އެންމެ ފުރަތަމަ އިހުތިރާމް އަދާކުރައްވަންޖެހޭ ސިޔަސީ ލީޑަރަކީ ގާސިމްއަށް ކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ޖޭޕީގެ މެމްބަރުންގެ ގޮތުގައި ސަރުކާރުގައި ތިއްބެވި ވަޒީރުންވާނީ އެހެން މީހުންނެކޭ އެއް މިންވަރަކަށް ނުވަތަ އިތުރަށްވެސް މަސައްކަތްކުރައްވާފައިކަމަށެވެ.

އޭނާ ވިދާޅުވީ، ޖޭޕީއަކީ އަބަދުވެސް ބުރަ މަސައްކަތްތައް ކުރާ ޕާޓީއެއްކަމަށެވެ. އަދި އެންމެ ފުރަތަމަ ކުރައްވަން އޮތީ ކުޅިވަރާއި ގުޅުންހުރި މަސައްކަތްތަކެއްކަމަށްވެ. އަދި އެއަށްފަހު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވާނެކަމަށް ފާހަގަކުރެއްވިއެވެ. އަލީ ވިދާޅުވީ، މިހާރު ހުންނެވީ ޖޭޕީގެ އާންމު މެމްބަރެއްގެ ހައިސިއްޔަތުގައިކަމަށެވެ. އޭނާ ވިދާޅުވީ، އިނގިރޭސިވިލާތުގައި ހުންނެވިއިރުވެސް ކޮންމެ ދުވަހެއްގައިވެސް ގާސިމްގެ ހެޔޮ އެދުންތައް ލިބިވަޑައިގެންނެވިކަމަށެވެ.

އަލީ ވިދާޅުވީ، ދެ ބޭފުޅުން ދެމެދު މާ ބޮޑެތި ހިޔާލުތަފާތުވުންތަކެއް ނުހުންނާނެކަމަށެވެ. އެގޮތުން ވަރަށް ބުރަކޮށް ދަތިތަކެއްގެ ތެރޭގައިވެސް އެއްކޮށް ތިއްބަވާފައިވާކަމަށް އޭނާ އަލިއެޅުއްވިއެވެ. އަދި އޭނާ މަޖިލީހަށް ވަޑައިގެންނެވި އިރު ގާސިމްގެ ފަރާތުން އެހީތަކެއް ލިބިވަޑައިގެންފައިވުމުން، ބަދަލުގެ ގޮތުގައި ގާސިމްއަށް ކަމެއް ދިމާވާ ދުވަހު ހުންނަވަން ނަފްސަށް ވައުދުވެވަޑައިގެންފައިވާކަމަށް އަލީ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: