ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީޔޫ އިން ތުނީޝިއާ އަށް އެއް ބިލިއަން ޔޫރޯގެ މާލީ އެހީ ފޯރުވުމަށް ނިންމައިފި

ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އާސަލާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ތުނީޝިއާގެ އިންސާނީ ވަގުފާރީގެ މައްސަލަ ހައްލުކުރުމަށާއި އިގްތިސާދު ފުނޑުފުނޑުވެފައިވުމުން އަރައިގަތުމަށް ޔޫރަޕިއަން ޔުނިއަނުން އެ ގައުމަށް މާލީ އެހީތަކެއް ފޯރުވުމަށް ނިންމައިފައިވާކަން ހާމަކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ޔޫރަޕިއަން ކޮމިޝަނުގެ ރައީސް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ތުނީޝިއާއަށް ޒިޔާރަތްކުރައްވާނެއެވެ. އަދި އޭނާ އާއިއެކު އިޓަލީގެ ބޮޑުވަޒީރުވެސް ވަޑައިގަންނަވާނެކަމަށާއި، މި ދަތުރުގެ މަގުސަދަކީ އެ ގައުމުގައި އިންސާނީ ވަގުފާރި ކުރުން ހުއްޓުވުމުގެ އިތުރުން ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުންކަމަށްވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ގާއިމު ކުރުމަށް ކަނޑައެޅިފައިވާ މާލީ އެހީގެ އެއްބަސްވުމުގެ ދަށުން 1 ބިލިއަން ޔޫރޯގެ ދިނުމަށް ނިންމާފައިވެއެވެ.

ބައެއް ފަރާތްތަކުން ރިޕޯޓުކުރާގޮތުން، ތުނީޝިއާ އަށް ފޯރުވުމަށް ކަނޑައެޅިފައިވާ މާލީ އެހީ އާއި ދެކޮޅަށް ޔޫރަޕިއަން ޕާލިމެންޓުގެ ބައެއް ސިޔާސީ ފަރާތްތަކުންވަނީ އަޑު އުފުލާފައެވެ. އެއީ އެ ގައުމުގެ ޑިމޮކްރެސީގެ އުސޫލުތައް ނެތިދިއުމުގެ ބިރު އޮތްކަމުގެ ސަބަބުންކަމަށް މީޑިއާތަކުން ބުނެފައިވެއެވެ. ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އެ ގައުމަށް މީގެ މަސް ދުވަސް ކުރިންވެސް ޒިޔާރަތްކުރެއްވިއިރު، އެ ދަތުރުގައިވެސް މާލީ އެހީގެ ގޮތުގައި 900 މިލިއަން ޔޫރޯގެ ފޯރުކޮށްދީފައިވެއެވެ.

އަލަށް ގާއިމު ކުރުމަށް ކަނޑައެޅިފައިވާ 1 ބިލިއަން ޔޫރޯގެ އެއްބަސްވުމުގެ ދަށުން 105 މިލިއަން ބޭނުންކުރެވިގެންދާނީ އެ ގައުމުގައި ބޮޑުވަމުންދާ އިންސާނީ ވަގުފާރީގެ މައްސަލަތައް ހުއްޓުވުމަށާއި އެކމުގެ ސަބަބުން ކަނޑުމަތީގައި ދިމާވާ ހާދިސާތައް ހުއްޓުވުމަށެވެ. އީޔޫއިން ފޯރުވުމަށް ނިންމާފައިވާ އެއް ބިލިއަން ޔޫރޯގެ އެހީގެ މަޝްވަރާތައް ކުރުމަށް އެޖަމާއަތުން މަސައްކަތްތަކެއް ކުރަމުންދާއިރު، ތުނީޝިއާގެ ރައީސްވަނީ އީޔޫގެ ބޯޑަރު ބަލަހައްޓާ ގައުމަކަށް އެ ގައުމު ނުވާނެކަމަށް ބުނެފައެވެ.

އީޔޫއިން މަސައްކަތްކުރަމުންދަނީ އެ ގައުމުން އަނެއް ގައުމަށް ހިޖުރަ ކުރާ މީހުން އަދަދުތައް ދަށްކުރުމަށް އަހައްމިއްޔަތުކަން ދޭކަން މެމްބަރު ގައުމުތަކަށް ދައްކައުވައިދިނުމަށްކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ނެދަލެންޑްސްގެ ސަރުކާރު ދާދި ފަހުން ވެއްޓިފައިވާއިރު، ވެއްޓެން ދިމާވީ ހަމަ އެ މައްސަލައަށް ހައްލުތަކެއް ގެނައުމުގައި ވެރިކަން ކުރާ ކޯލިޝަންގެ ތެރެއިން އެއްބަސްވުމެއް ގާއިމު ނުކުރެވުމުގެ ސަބަބުންނެވެ.

ފަރަންސޭސިވިލާތުގެ ޔޫރަޕިއަން ޕާލިމެންޓު މެމްބަރު ހުންނެވީ، ތުނީޝިއާ އަށް އެއް ބިލިއަން ޔޫރޯގެ އެހީ ފޯރުވުމާއި ދެކޮލަށެވެ. އަދި އެހާމެ ފަސޭހައިން އެގުމަށް 1 ބިލިއަން ޔޫރޯ ދިނުމަކީ ރަނގަޅަށް ކުރވިގެންދާކަމެއް ނޫންކަމަށް ބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ތުނީޝިއާގެ ރައީސްގެ ސަބަބުން އެ ގައުމުގައި ޑިމޮކްރެސީ ނެތިގެންދިއުމުގައި ޔޫރަޕިއަން ޔުނިއަންގެ ބައިވެރިވުމެއް އޮވެގެން ނުވާނެކަމަށާއި، އެ ޖަމާއަތުން ފޯރުވާ މާލީ އެހީގެ ބޭނުންކުރެވެންވާނީ އިންސާނީ ހައްގުތަކާއި ޑިމޮކްރެސީގެ އަސާސްތައް އަދި ގާނޫނީ ވެރިކަން ނެގެހެއްޓިގެންދާ ގޮތެއްގެ މަތިންކަމާއިމެދު އެންމެހާ މެމްބަރު ގައުމުތަކުންވެސް އެއްބަސްވާންޖެހިފައިވާކަމަށް ބުނެވެސް ބައެއް މެމްބަރުންވަނީ ކަންބޮޑުވުން ފާޅުކޮށްފައިކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: