ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުދުރަތީ ވަސީލަތްތައް ހޯދުމަށް ބިމުއަޑިއަށް ތޮރުފުމުގައި ބޮޑު ކުރިއެންތަކެއް ހޯދައިފި

ޗައިނާއިން ހިންގަމުންދާ ތޮރުފުމުގެ މަޝްރޫއު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިނާއީ މަސައްކަތްތަކަށް ބޭނުންވާ މައުދުން ފަދަ ތަކެތި ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ޗައިނާއިން ހާމަކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ޗައިނާއިން ދަނީ ސިނާއީ މަސައްކަތަކަށް ބޭނުންވާ މައުދަން ފަދަ ތަކެތި ހޯދުމަށްޓަކައި ބިމު އަޑިއަށް ތޮރުފަމުންނެވެ. އަދި ދާދި ފަހުން އެ ގައުމުގައި މަސައްކްތްތައް ކުރަމުންދާ އިންޖިނޭރުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ބުނެފައިވެއެވެ. ތޮރުފުމުގެ މަސައްކަތްތައް ކުރަމުންދަނީ ދުނިޔެ އެކުލެވިފައިވާ ފަށަލަތަކުގެ ތެރެއިން އެންމެ މަތީ ފަށަލައިގައިކަމަށްވާއިރު، ބިނާވަމުންދާ ފުން ވަޅުގަނޑު ނިމޭއިރު، 35،000 ފޫޓަށްވުރެ އަޑިއަށް ދާނެކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީޑިއާތަކުގެ ރިޕޯޓުތަކުގައިވާގޮތުން، މި މަސައްކަތްތައް ކުރެވެމުންދަނީ ގުދުރަތީ ގޮތުން އުފެދޭ ގޭސް އުފެދުމަށް މަޝްހޫރު ސަރަހައްދެކެވެ. އަދި ގިނަ އަދަދެއްގެ ގޭސް ލިބޭނެކަމަށް މަސައްކަތްކުރަމުންދާ ފަރާތްތަކުން އުންމީދުކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ. މި ވާހަކަތައް އާންމުކޮށްފައިވަނީ އެ ގައުމުގައި ދެވަނަ އެފަދަ ތޮރުފުމުގެ މަސައްކަތްތަކެއް ކުރުމަށް ކަނޑައަޅައި ފެށުމާއިއެކުއެވެ. އަލަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ކުރިއަށްވުރެ ފުނަށް ތޮރުފުމަށް ނިންމާފައިވާކަމަށް ބުނެފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، އެ ގައުމުން ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމާލުމުން އެ ވަޅުގަނޑުތައް ވެގެންދާނީ އިންސާނުން ބިނާކޮށްފައިވާ އެފަދަ އެންމެ ފުން ވަޅުގަނޑުތަކުގެ ތެރެއިން ވަޅުގަނޑަކަށެވެ. ރިޕޯޓުތަކުގައިވާގޮތުން، އެފަދަ އެންމެ ފުން ވަޅުގަނޑެއް ބިނާކޮށްފައިވަނީ ރަޝިއާއިންނެވެ. އެއީ 40،000 ފޫޓަށްވުރެ ފުނަށް ބިމު އަޑިއަށް ތޮރުފާފައިވާ ވަޅުގަނޑެއްކަމަށާއި އެ މަސައްކަތްތައް ނިންމާލުމަށް 20 އަހަރު ނެގިކަމަށްވެސް ބުނެފައިވެއެވެ.

ތޮރުފަމުންދާ މި ވަޅުގަނޑުތަކުގެ ފުންމިން ހިތަށް ގެނައުމަށް ފަސޭހަ ގޮތެއްވެސް މީޑިއާތަކުގައި ޝާއިއު ކުރެވިފައިވެއެވެ. އެގޮތުން ދުނިޔޭގެ އެންމެ އުސް އުސް ފަރުބަދައަށްވުރު މި ވަޅުގަނޑުތައް ފުންކަމަށް ބުނެފައިވެއެވެ. މައުންޓެ އެވަރެސްޓައި ހުންނީ 28،871 ފޫޓާއި ގާތްކުރާ ވަރުގެ އުސްމިނެކެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: