ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެކްސިކޯގެ ރައީސްގެ އާދަޔާ ހިލާފު ސިޔާސީ އަމަލުތަކެއް!

މެކްސިކޯގެ މިހާރުގެ ރައީސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މެކްސިކޯގެ ރައީސް ކުރިއަށް އޮތް އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ވާދަކޮށްފާނެކަމަށް ލަފާކުރެވޭ އިދިކޮޅުގެ ކެނޑިޑޭޓާއި ދެކޮޅަށް އާދަޔާ ހިލާފު ގޮތަކަށް ކެމްޕެއިން ކުރަމުންދާކަމަށް ބައިންލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން، 2024 ވަނަ އަހަރުގައި އެ ގައުމުގެ ރައީސްއަކު އައްޔަނުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި އެ ގައުމުގެ މިހާރުގެ ރައީސްއަށް ވާދަކުރުމުގައި ގާނޫނީ ހުރަސްތަކެއް ވެއެވެ. އެހެންނަމަވެސް މައި އިދިކޮޅުގެ ކެނޑިޑޭޓުކަމަށް ފެނިގެންދާ ފަރާތާއި ދެކޮޅަށް އާދަޔާހިލާފު މަސައްކަތްތަކެއް ކުރަމުންދާން ފާހަގަކުރެވޭކަމަށް ބުނެފައިވާއިރު އެކަމުގެ ސަބަބުން އޭނާއަށް އެ ގައުމުގެ އިންތިހާބީ އިދާރާގެ ފާޑުކިޔުމާއި ނުރުހުންވެސް އަމާޒުވެފައިވާކަމަށް މީޑިއާތަކުން ބުނެއެވެ. އޭނާގެ އަމަލުތައް ޑިމޮކްރެސީގެ އަސާސްތަކާއި ފުށުއަރާކަމަށް ބުނެފައިވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން އޭނާ ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ވާދަވެރިންނަށް ނޭދެވޭ އަސަރެއް ނުކުރެއެވެ. އަދި އެކަމުގެ ސަބަބުން ވާދަވެރިންނަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ. މެކްސިކޯގެ ރައީސްކަމަށް ވާދަކުރާ މައި އިދިކޮޅު ކެނޑީޑަޓަކީ ތިން ޕާޓީ ހިމެނޭ ކޯލިޝަންގެ ތާއީދު ހާސިލުކުރުމަށް މަސައްކަތްކުރަމުންދާ ކަނބަލެއްކަމަށް ރިޕޯޓުތަކުގައިވެއެވެ.

ދާދި ފަހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މެކްސިކޯގެ މިހާރުގެ ރައީސްވަނީ އޭނާގެ ވާދަވެރިޔާކަމަށް ފެނިގެންދާ ފަރާތަށް ފާޑުކިޔާފައިވާކަމަށް ޝާއިއުކުރެވިފައިވެއެވެ. އެގޮތުން ވާދަވެރިޔާއަކީ ފިނޑިއެއްކަަމަށާއި އޭނާއަކީ ޕަޕެޓެއްކަމަށްވެސް ބުނެފައިވެއެވެ. އަދި އެ ގައުމުގެ ރައީސްވަނީ ވާދަވެރިޔާގެ ޅައިރާއި ގުޅޭގޮތުންވެސް ސުވާލު އުފައްދާފައިކަމަށާއި އޭނާގެ ޒާތީ މާލީ ކަންކަމުގެ މައުލޫމާތުތައްވެސް އާންމުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް ވާދަވެރިޔާ ވަނީ މެކްސިކޯގެ ރައީސް އޭނާގެ ކެމްޕެއިން މެނޭޖަރުގެ ގޮތުގައި ހަރަކާތްތެރިވަމުންދާކަމަށް ބުނެ ކުރިމަތިވި ގޮންޖެހުންތަކުގެ ތެރެއިން ކުރި ހޯދާފައިކަަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

މެކްސިކޯގެ ގާނުނުގައިވާގޮތުން އިންތިހާއަށް ތާއީދު އޮތްކަމަށް ފެނިގެންދާ މިހާރުގެ ރައީސް ލޯޕެޒް އަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަނުކުރެވޭނެއެވެ. އެއީ އޭނާ ހަ އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައިވުމުންނެވެ. ގާނޫނީގޮތުން އޭނާ އަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ކަނޑައެޅިފައިވުމުންނެވެ. އޭނާގެ ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ މީހަކު ހޮވުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ. އިދިކޮޅާއި ވެރިކަން ކުރާ ޕާޓީގެ ކެނޑިޑޭޓުވެސް ކުރިއަށް އޮތް ދެ މަހެއް ހާ ދުވަސްތެރޭގައި ހާމަވެގެންދާނެކަމަށް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: