ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން ޓައިވާނަށް އަސްކަރީ އިންޒާރުތަކެއް ދީފި!

ޗައިނާ އަދި ޓައިވާނު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން ޓައިވާނާއި ދިމާލަށް އެތައް ހަނގުރާމަވެރި ވައިގެ އުޅަނދުތަކެއް ފޮނުވައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ޗައިނާއިން ޓައިވާނާއި ދިމާލަށް ފޮނުވާފައިވަނީ ފައިޓާރ ޖެޓާއި، ބޮން އެޅުމުގެ ގާބިލުކަން ހުރި ވައިގެ އުޅަނދުތަކުގެ އިތުރުން އެހެނިހެން ހަނގުރާމަވެރި މަތިންދާ ބޯތުތައްކަމަށް ޓައިވާނުން މައުލޫމާތު ދިފައިވާކަމަށެވެ. އަދި ޗައިނާއިން މި އަމަލު ހިންގާފައިވަނީ ޓައިވާން ހިފުމަށް މަސައްކަތްކުރުމުން ދިފާއު ވުމަށް ތައްޔާރުވުމުގެ ގޮތުން އެ ގައުމުން އަސްކަރީ ތަމްރީނު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވަނިކޮށްކަމަށް ބުނެފައިވެއެވެ.

ޓައިވާނުން އެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވަނީ އަންނަ ހަފްތާގެ ތެރޭގައެވެ. އެ ތަމްރީނު ހަރަކާތްތަކުގެ ތެރޭގައި ގައުމު ހިފުމަށް ކުރާ މަސައްކަތްތަކުން ދިފާއުވުމުގެ ތަމްރީނުތައް ކުރެވިގެންދާނެއިރު، އާންމު ރައްޔިތުންނަށް އަމާކޮށްވެސް ތަމްރީނުތަކުގެ ކުރިއަށް ގެންދިއުމަށް އެ ގައުމުން ކަނޑައަޅާފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. މިދިޔަ ހަފްތާގެ ތެރޭގައި ޗައިނާއިން ޓައިވާނަށް ފޮނުވާފައިވާ އުޅަނދުތަކުގެ ތެރޭގައި 37 ވައިގެ އުޅަނދާއި 7 އަސްކަރީ އުޅަނދު ހިމެނޭކަމަށް ރިޕޯޓުތަކުގައިވެއެވެ. ރިޕޯޓުތަކުގައިވާގޮތުން، ޗައިނާއިން ފޮނުވި އުޅަނދުތައް ވަނީ އެ ގައުމާއި ޓައިވާނު ދެމެދު އޮންނަ ނުރަސްމީ ސަރަހައްދީ އިމު ހުރަސްކޮށްފައެވެ.

ޓައިވާން އަދި ޗައިނާ ވަކިވެފައިވަނީ 1949 ވަނަ އަހަރުގެ ތެރޭގައި ހިނގައިދިޔަ ދާހިލީ ހަނގުރާމައެއްގެ ތެރެއިންނެވެ. ޓައިވާނުގެ ގޮތުގައި ބުނަމުންދާ ފަސްގަނޑަކީ ޗައިނާ އާއި ވަކިން އޮތް ތަނެއް ނަމަވެސް އެ ގައުމުން ޓައިވާނުގެ މައްޗަށް ބާރުތަކެއް އޮތްކަމަށް ބުނަމުންދާތާ އަހަރުތަކެއްވެއްޖެއެވެ. އަދި ޓައިވާނުގައި ކުރެވެމުންދާ ސިޔާސީ އަދި ސިޔާސަތުތައް ކަނޑައެޅުމުގެ މަސައްކަތްތަކާއި އެ ގައުމުން ނުރުހުންވާކަން ހާމަކުރުމުގެ ގޮތުން އެކި ފުރުސަތުތުގައި އަސްކަރީ އުޅަނދުތައް ފޮނުވުން ފަދަ އަމަލުތައް ހިންގާފައިވެއެވެ.

ޗައިނާއިން ވަނީ މީގެ ކުރިން އެމެރިކާގެ މަޖިލީހުގެ ރައީސް ޓައިނާވަށް ޒިޔާރަތްކުރުމުންވެސް އެކަމާއި ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ވަރުގަދަ އަސްކަރީ ހަކަރާތްތަކެއް ކުރިއަށް ގެންގޮސް ޓައިވާނުގެ މަތިން މިސައިލުތަކެއްވެސް ފޮނުވާފައިވެއވެެ. އެކަމުގެ ސަބަބުން އިގްތިސާދަށް ބުރުއެރިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: