ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ އަގު ހިފަހައްޓަން މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

އިބްރާހިމް މުހައްމަދު ސާލިހް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމާ އައިލާއާ ދުރުގައި ހުންނަން ޖެހުނުކަމުގައި ވިއަސް އިސްލާމްދީނުގެ ސައްހަ އަޤިދާގައި ސާބިތުވެތިބި ބައެއްކަން ހަނދާން ކޮށްދެއްވައި ދީނީ ވާޖިބުތަށް އަދާކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ސްކައުޓުންނާއި ގައިޑުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ކޮންމެ ހާލަތެއްގައިވެސް ދިވެހި ގައުމުގެ އަގު ހިފަހައްޓާ އަދަބު އަހްލާގުގެ އެންމެ މަތީމިންގަޑުގައި ސާބިތުވެހުރުމަށްވެސް ހަނދާންކޮށްދެއްވިއެވެ. ރައީސް ވިދާޅުވީ ޖަމްބޮރީގެ ގަވާއިދު ތަކަށް ހުރުމަތްތެރި ކޮށް ހިތައި ރާއްޖެއަށް ރީތިނަން ހޯދައި ދިނުމަށެވެ. ޖަމްބޮރީގެ މުހިންމުކަން ފާހަގަ ކުރައްވާ ވިދާޅުވީ  މި ފުރުސަތަކީ ދިރިއުޅުމުގައި ދިމާވާނެ އެތަށް ކަމެއް ތަޖުރިބާކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ.

ރައީސް ސްކައުޓުންގެ ހުނަރުވެރިކަން ފާހަގަކުރައްވާ ހިއްވަރުދެއްވިއެވެ. ދެކުނު ކޮރެއާގައި ބާއްވާ މިއަހަރުގެ  ޖަމްބޮރީގެ ޕްލޭނިން ޓީމުގައި ދިވެއްސެއް ހިމެނުން އެއީ ސްކައުޓުންގެ ހުނަރުވެރިކަން ދައްކުވައިދޭ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ދިވެހި ސްކައުޓް ލީޑާރު އަލީ ޝަފާއަތު މަނިކަށް މިކަމަށް ތަހުނިޔާ ދަންނަވާފައެވެ.

ރައީސް ވިދާޅުވީ މިޖަމްބޮރީއަކީ މިހާތަނަށް ރާއްޖޭން އެންމެ ބޮޑު ވަފްދެއް ތަމްސީލުކުރާ އަހަރުކަމަށެވެ. 339 ސްކައުޓުންނާއި، ގާލްގައިޑުންނާއި ލީޑާރުންނާއެކު 421 ފަރާތެއް ބައިވެރިވާކަންފާހަގަ ކުރެއްވިއެވެ. ސްކައުޓް ޖަމްބޮރީގެ މުހިންމުކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ސްކައުޓުންނާއި ގައިޑުންނަށް އެވަދެވެނީ މަސްހުނި ސަގާފަތެއްގެ ތެރެއަށްކަމަށެވެ. އަދި ހަމަމިއާއެކު ތަހުޒީބީ ތަފާތު ރަހަތަކުން މުއްސަނދިވެފައިވާ މުޖުތަމައުއެއްގެ ތެރެއަށް ކަމަށްވެސް ވިދާޅުވިއެވެ.

ސްކައުޓް އެސޯސިއޭޝަންގެ ރައީސް އަދި ގާލްގައިޑް އެސޯސިއޭޝަންގެ އިންޓަރނޭޝަނަލް  ކޮމިޝަނަރ ދެއްކެވި ވާހަކަފުޅަށް އަލިއަޅުވައިލާ ވިދާޅުވީ ސްކައުޓުންގެ ހަރާކާތްތަށް ހިންގުމަށް ވަސީލަތްތަށް ކޮވިޑްގެ ސަބަބުން ހުރަސްއެޅުނުނަމަވެސް މިދައުރުގެތެރޭގައި އެމީހުން އެދިފައިވާ ގޮތަށް ކޭމްޕް ދާނެ ރަށެއް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލު ކުރެވޭނެ ވާހަކައެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަމާ ހަވާލުވުމަށް ފަހުގައި ހީނަރުވަމުންދިޔަ މި ދެ އެސޯސިއޭޝަންގެ ހަރަކާތްތަށް އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެށް ކުރެވުނުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: