ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންހެ އިންތިހާބީ ހައްގު ގެއްލިގެން ހުށަހެޅި މައްސަލަ ސްޕްރީމް ކޯޓުން ބޭރުކޮށްލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ އިންތިޚާބީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެދި އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ރޭ ހުށަހެޅި މައްސަލަ ބަލައި ނުގަންނަން އެ ކޯޓުން މިއަދު ނިންމައިފި އެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެ މަނިކުފާނުގެ ގާނޫނީ ޓީމުން ރޭ ބުނިގޮތުގައި، ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެތައް އަސާސީ ހައްގުތަކަކާއި އިންތިޚާބީ ހައްގުތަކަކަށް ހުރަސްއެޅިފައިވާ ވާތީ އެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވި ނިންމުމުގައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅާފައި ވިޔަސް، އެއީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.

ރަޖިސްޓްރާ އެގޮތަށް ނިންމެވިޔަސް، އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރެއްވުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިގަންނަވާނެ އެވެ.

 

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް އަރުވާފައި ވިޔަސް، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން އެ މަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ދޮރު މި ވަގުތު ވަނީ ބަންދުވެފަ އެވެ. ޔާމީނަށް އެ ފުރުސަތު އަލުން ލިބިވަޑައިގަންނަވާނީ އިސްތިއުނާފް މަރުހަލާއިން އެ މަނިކުފާނު މިނިވަންވެއްޖެ ނަމަ އެވެ.

ނަމަވެސް ހައި ކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުގެ އެއް ފަނޑިޔާރަކު މި ވަގުތު ޗުއްޓީގައި ހުންނެވުމުން މައްސަލާގެ އަޑުއެހުންތައް ވަނީ މެދުކެނޑިފަ އެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތެއްގައި ބަންދުވާނެ އެވެ.

ވަރަށް ގަދަ
89%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: