ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންއާ ބައްދަލުކުރުމަށް އިމްރާން ހުރަސް އެޅި : ޑރ ޖަމީލް

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. ޖަމީލް އަދި ވަކީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާ ބައްދަލު ކުރަން އެމަނިކުފާނުގެ ވަކީލުން ޖަލަށް ދިއުމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެކަމަށް ހުރަސް އަޅުއްވައިފި ކަމަށް ރައީސް ޔާމީންގެ ވަކީލު ޑރ. ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޤާނޫނީ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ވަކީލުންގެ ބައްދަލުވުމަށް ޖަލު އޮފިސަރުން ޤާނޫނުގެ ބޭރުން ހުރަސް އެޅިކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ދުސްތޫރީ މައްސަލައެއް އެމަނިކުފާނުގެ ފަރާތްޕުޅުން އިއްޔެ ސްޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ސްޕްރީމް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.

ޖަމީލް ވިދާޅުވީ އެވަރަށް ރައީސް ޔާމީނުގެ އަސާސީ ޙައްޤުތަކަށް އަރައިގަތުމުން އެނގެނީ އެތިއްބެވީ ގޯސްހަދައިގެންކަން ކަމަށާއި، މިއަދު ވަކީލުންގެ ބައްދަލުވުމަށް ޖަލު އޮފިސަރުން ޤާނޫނުގެ ބޭރުން ހުރަސް އަޅާފައިވާ ކަމަށެވެ. އަދި ވަކީލާ މުވައްކިލުގެ ދުސްތޫރީ ޙައްޤަކީ ބޭނުންވާ މިންވަރަށް އޮންނަ އެއްޗެއްތޯ އާއި އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ކެނޑިޑެންސީ ކަށަވަރު ކުރުމަށްވެސް ޤާނޫނީ ޓީމުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: