މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ 28 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމް މާފުށި ޖަލުގައި ފަށައިފިއެވެ.
މި ޕްރޮގްރާމްގައި 38 ފިރިހެން އޮފިސަރުން ވަނީ ބައިވެރިވެފައެވެ. އަސާސީ ތަމްރީނަކީ އެމްސީއެސްގެ ހިދުމަތާ ގުޅޭ ކޮންމެ އޮފިސަރަކުވެސް ފުރިހަމަ ކުރަންޖެހޭ ޕްރޮގްރާމެކެވެ.
ޓްރޭނިން ޕްރޮގަރާމްގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް ދީދީއެވެ.
އެމްސީއެސް އިން މައުލޫމާތުދޭ ގޮތުގައި މިކޯސް ހިންގުމުގެ މައިގަނޑު ބޭނުމަކީ ޖަލު އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދިނުމާއި ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުމެވެ. އަދި ހަމަމިއާއެކު ޖަލު އޮފިސަރުންނަކީ އަޚްލާގު ރަނގަޅު ބަޔަކަށް ހެދުމާއި ތައުލީމީ ހަރުދަނާ ޒުވާނުންތަކަކަށް ހެދުމަކީވެސް މި ޕްރޮގްރާމްގެ އެއް އަމާޒު ކަމަށް އެމްސީއެސް އިން ވަނީ މައުލޫމާތު ދީފައެވެ.
މި ޕްރޮގްރާމްގައި ކިޔަވައިދޭ މޮޑިއުލްތަކުގެ ތެރޭގައި ފިޒިކަލް ޓްރެއިނިންގ އާއި، ލީޑަރޝިޕް ކްލާސްތަކާއި، އެތިކްސްއާއި، ޤާނޫނާއި ގަވައިދުގެ އިތުރުން ޖަލު އޮފިސަރުންގެ މަސައްކަތާ ގުޅުންހުރި މޮޑިއުލްތައްވެސް ކިޔައިދެވޭނެ ކަމަށް ކަރެކްޝަނަލް ސަރވިސް އިން ބުނެއެވެ.

