ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު ދުވަހުން ދުވަހަށް މައްޗަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށް ދަމަނަވެށީގެ ޕަބްލިކް ހެލްތު އޮފިސަރ އާމިނަތު އަދީލާ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމުގައި އަދީލާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތަށް ބަލާއިރު އަންހެނުންގެ އަދަދު ފިރިހެނުންނަށްވުރެ ދަށް ކަމަށެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުންގެ އަދަދުވެސް ދުވަހުން ދުވަހަށް މައްޗަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަމާނީ ވަސީލަތްތައް ގިނަވެ އެ ވަސީލަތްތައް ބޭނުންކުރާ މީހުންވެސް ގިނަވަމުންދާ ކަމަށް އަދީލާ ވިދާޅުވިއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތެރެއަށް މީހުން ވަންނަ އެއް ސަބަބަކީ ޕިއާރ ޕްރެޝަރ ނުވަތަ ގާތުގައި ތިބޭ ރައްޓެހިން އެކަމަށް ހިތްވަރުދިނުން ކަމަށް ވިދާޅުވިއެވެ.

ޕަބްލިކް ހެލްތު އޮފިސަރ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ވަރަށް ގިނަ ބަލިތައް ގުޅިފައިވާ ކަމަށެވެ. ގައިންގަޔަށް ނާރާ ބަލިތަކުގެ 80 ޕަސަންޓު ބައްޔަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތައް ކަމަށް އޭނާ ވިދާޅުވިއެވެ. އެބަލިތަކުގެ ތެރޭގައި ކެންސަރާއި، ލޭހޮޅިތަކަށް ދިމާވާ މައްސަލަތަކާއި، ހަކުރުބައްޔާ އަދި ކިޑްނީގެ ބަލިތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ގެއްލުންތައް ކިޔައިދެއްވަމުން އޭނާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ 17 ވައްތަރެއްގެ ކެންސަރު ބަލި ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދީލާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ނުކޮށް ދުންފަތުގެ ދުމަށް ހުށަހެޅޭ މީހުންނަށްވެސް މިކަމުގެ ނުރައްކާ ބޮޑު ކަމަށެވެ. އޭގެ ތެރޭގައި ދުމަށް ހުށަހެޅޭ ކުޑަކުއްޖާގެ ސިކުނޑިޔަށް އަސަރުކޮށް ކިޔެވުމަށް ހުރަސްއެޅި އަދި މާބަނޑުމީހާގެ ބަނޑުގައިވާ ދަރިފުޅު ބައިގެން ދިއުންފަދަ ނުރައްކާތެރި ކަންކަން ހިމެނޭ ކަމަށް ވިދާޅުވިއެވެ.  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: