އދ.މަހިބަދޫގެ ބިމުގެ ދަތިކަމަށް ހައްލެއް ގެނައުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއެކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއެކުރީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި މި މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއިން ސޮއެކުރީ ސީ.އީ.އޯ އާދަމް އާޒިމެވެ.
މި މަޝްރޫއުގައި ބިން ހިއްކުމަށް ހަމަ ޖެހިފައިވަނީ ރަށުގެ ހުޅަނގު ފަރާތު ފަޅުތެރެއިން 7 ހެކްޓަރެވެ.
މި މަސައްކަތް ނިންމުމަށް 230 ދުވަހުގެ މުއްދަތެއް ދީފައިވާއިރު މިކަމަށް ހަރަދުކުރުމަށް ހަމަ ޖެހިފައިވަނީ 43،672،633.38 ރުފިޔާއެވެ.

