އއ. އުުކުޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމަޕެނީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 4 މަސް ދުވަސްތެރޭގައި 28 މިލިޔަން ރުފިޔާއަށެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި 650 މީޓަރ ބޭރުތޮށި ޖެހުމާއި، 90 މީޓަރ ގްރޮއިން ޖެހުމާ އަދި ގޮނަޑުދޮށަށް ވެލި އެޅުން ހިމެނެއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޕްލޭނިންގެ ފަރާތުން ސޮއި ކުރީ ޑިރެކަޓރ ޖެނެރަލް ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރީ ސީއީއޯ އާދަމް އާޒިމެވެ.

