ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން އަށް ތާއިދުކުރުމުގައި އެއްވެސް ”ކޮންޑިޝަނެއް“ ނޯންނާނެ: ޑރ މުޢިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދީފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު މުއިއްޒު ހޯއްދެވުމަށް މަސައްކަތް ކުރައްވާ ކަމަށް ބުނެ ފެތުރެމުންދާ އަޑުތަކާއި ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޔާމީނަށް ތާއީދުކުރަނީ މިއަދަކު އިއްޔެއަކު ނޫން ކަމަށާއި އެއީ މީގެ އެތައް އަހަރެއް ކުރީން ފެށިގެން ވެސް އޭނާ ލޯބިވާ ޝަހުސިއްޔަތެއް ކަމަށެވެ. އެމަނިކުފާނުގެ ހައްގުގައި އެމަނިކުފާނަށް އަޅުގަނޑުގެ ތާއީދު އޮތުމުގައި އެއްވެސް ކަހަލަ ކޮންޑިޝަނެއް ނޯންނާނެކަމަށާއި އަން ޑިވައިޑެޑް ލޯޔަލްޓީ އަޅުގަނޑު ރައީސް ޔާމީނަށް އޮންނާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާ ޔާމީނަށް އޮތް ވަފާތެރިކަމާ މެދު ސުވާލު އުފައްދާ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ޖަވާބު ދޭނީ އެ ވާހަކަތައް ދައްކާ ބަޔަކު ކަމަށެވެ. އޭނާ ދައްކަނީ ތެދު ހަގީގަތް ކަމަށާއި މި ސަރުކާރުން ޔާމީން ޖަލަށްލައިގެން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގަބޫލުކުރާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ރާއްޖޭގައި ހުރި އެންމެ ވަރުގަދަ ޝަހުސިއްޔަތު ކަމަށްވެސް ވިދާޅުވި އެވެ.

”ޗެނަލް 13“ މެދުވެރިކޮށް ދެއްވި މެސެޖެއްގައި މުއިއްޒު ވިދާޅުވީ ޔާމީނަށް ރިޔާސީ ޓިކެޓް ދީފައިވަނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ހުރިހާ މެމްބަރުން ވެސް ބޭނުންވެގެން ކަމަށާއި ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޒިންމާ ޔާމީންއާއި ހަވާލުކޮށްފައިވާއިރު އެ ޒިންމާ އަދާކުރުމަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޔާމީންއާއި ހަވާލުކޮށްފައިވާ ޒިންމާ އަދާކުރުމަށް އިދިކޮޅު ކޯލިޝަނުގެ ބޭފުޅުން ފުރިހަމަ އަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި އެކަމަށް ހުރަސްއަޅައި، ޗެލެންޖްކޮށް އަދި އެކަމަށް ހިޔަންޏެއް އެޅޭ ފަދަ އެއްވެސް ކަމެއް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އެއީ ކޮންމެ މީހަކު ކުރާ ކަމެއް ކަމަށްވީ ނަމަވެސް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިކަމުގައި އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ޔާމީނަށް ދޭންޖެހޭ ސަޕޯޓު ދިނުމުގައި އިދިކޮޅު ކޯލިޝަނުގެ އެއްވެސް ހިސާބެއްގައި ބައިބައިވުން އޮވެގެން ނުވާނެ ކަމަށާއި މިކަން މިގޮތުގައި ކުރިއަށް ގެންދިޔުން މިވަގުތު ވަރަށް މުހިއްމު ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިހާރު ވަނީ ކެންޑިޑެސީ ފޯމުގައި ސޮއިކުރައްވާފަ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: