ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ޝޮޕް ހުޅުމާލޭގައި ހުޅުވައިފި

އެސްޓީއޯ ސުޕަ ޝޮޕް ހުޅުވުމުގެ ރަސްމިއްޔާތު
ޝެއާރކޮށްލާ ކަހަލަދޯ؟

 

ދިވެހިރާއްޖޭގައި މުޅިން އަލަށް އެސްޓީއޯ އިން ސްމާޓް ޝޮޕެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ސްމާޓް ޝޮޕް ހުޅުވުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި އެ ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ ނައިބުރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ އާއި އެހެން އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

އެސްޓީއޯގެ ޗީފް އިންފޮމޭޝަން އޮފިސަރ އިސްމާއިލް މިފްރާހް ވިދާޅުވީ ސްމާޓް ޝޮޕުން ވިޔަފާރި ކުރެވޭނީ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށެވެ. އެޕްލިކޭޝަންގައި ރެޖިސްޓަރ ވުމަށް ކަސްޓަމަރުގެ ކާޑުގެ މައުލޫމާތު ހިމަނަންޖެހޭނެ ކަމަށް މިޕްރާހް ވިދާޅުވިއެވެ. ކަސްޓަމަރު އެޕްލިކޭޝަނަށް ރެޖިސްޓަރީ ވުމުން އެކައުންޓުން ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 3 ރުފިޔާ ކެނޑޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ކަނޑާލެވުނު 3 ރުފިޔާ އަނބުރާ އެމީހަކަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯގެ ސްމާޓް ޝޮޕުން ކުރިއަށް އޮތް ތަނުގައި 24 ގަޑިއިިރު ޚިދުމަތް ދެވޭނެ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ. އެސްޓީއޯގެ މި އޭއައި ޝޮޕުން ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނީ ފޯނުން ކިއުއާރު ކޯޑު ސްކޭން ކޮށްގެން ނުވަތަ ފޭސް ރިކޮގްނިޝަން ފީޗާ ބޭނުންކޮށްގެންނެވެ. ކަސްޓަމަރު ނަގަމުންދާ ހުރިހާ އެއްޗެއް އެޕްލިކޭޝަނުގެ ކާޓަށް އިތުރުވާނެއެވެ. އަދި އެމީހަކު ބޭނުންވާ ސާމާނުތައް ނަގައިގެން ފިހާރައިން ނިކުތުމުން އެމީހަކު ނެގި ތަކެއްޗަށް ރުފިޔާ ކެނޑޭނެއެވެ.

ސްމާޓް ޝޮޕުން ވިޔަފާރި ކުރުމަށް ބޭނުން ކުރަނީ ޓޯކަނައިޒޭޝަން ކިޔާ ފީޗާއެވެ. އެ ފީޗާއަކީ ރައްކާތެރި ފީޗާއެއް ކަމަށް އެސްޓީއޯގެ ޗީފް އިންފޮމޭޝަން އޮފިސަރ މިފްރާހް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފިހާރަޔަށް ވަދެވޭނީ އެއްފަހަރާ 8 މީހުން ކަމަށެވެ. އަދި މި އަދަދު ވަކި މުއްދަތެއްގެ ފަހުން 16 އަށް ބަދަލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މުޅިން އަލަށް ހުޅުވި މި ސްމާޓް ޝޮޕް ހުންނަނީ ހުޅުމާލޭގެ ސެމިލީސް ރެސްޓޯރަންޓް ކުރިމަތީގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: