ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީއިން ވަކިވި ހަނަފީ 60 ސޮޔާއެކު އެމްޑީޕީއަށް!

އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ) އެމްޑީޕީއާއި ގުޅިވަޑައިގެންނެވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ) އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމްޑީޕީއިން ކުރި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ވާ ގޮތުގައި ހަނަފީ އެމްޑީޕީއަށް ސޮއިކޮށްފައިވަނީ އިތުރު 60 މީހުންގެ ސޮއިއާއިއެކުގައެވެ. އެއީ ހަނަފީގެ އާއިލާއަށް ނިސްބަތްވާ މެންބަރުންކަން އެމްޑީޕީއިން ވަނީ ހާމަކޮށްފައެވެ.

ހަނަފީ ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައެވެ. އެމްޑީޕީއާއިއެކު ދެވަނަ ދައުރެއް ހޯދުމަށް ޖޭޕީއަށް އެރުވި ކޯލިޝަން ދައުވަތަށް، އެ ޕާޓީއިން އިންކާރުކުރުމާއިއެކު ހަނަފީ ވަނީ ޖޭޕީއިން ވަކިވެފައެވެ. އޭރު އޭނާއަށް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމްގެ އެޑްވައިޒަރުކަން އެރުވިތާ 1 ދުވަހެވެ.

ހަނަފީ ވަނީ ޖޭޕީއިން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ޕާޓީގެ ނައިބު ލީޑަރކަމުގެ މަގަމަށްވެސް ވާދަކުރައްވާފައެވެ. ނަމަވެސް އޭނާއަށް މި މަގާމު ކާމިޔާބެއް ނުވިއެވެ.

ޖޭޕީއިން އެމްޑީޕީއާއިއެކު ހަދާފައިވާ ކޯލިޝަން ނުދެމެހެއްޓުމަށް ނިންމުމާއި ގުޅިގެން ޕާޓީގެ މެންބަރުން ޖޭޕީއާއި ވަކިވާނެކަމުގެ އިންޒާރުވެސް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ދިނެވެ. އެއާއި ދާދި ކައިރިން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަދި ޖޭޕީގެ އަންހެނުން ރޫހުގެ ކުރީގެ ރައީސް ވަލީދާ ވަލީދުވެސް ވަނީ ޖޭޕީއިން ވަކިވެވަޑައިގެންފައެވެ. މީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުވެސް ޕާޓީއިން ވަކިވެވަޑައިގެން މެންބަރުންގެ ތެރޭގައި ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: