ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ާިނާޒިމަށް ވޯޓުލާން ޖެހޭ ހަތަރު ސަބަބެއް ހާމަކޮށްފި

އެމްއެންޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމަށް ވޯޓުލާން ޖެހޭ ސަބަބު އާސްކު ނާޒިމް ޕްރޮގުރާމުގައި އޭނަ ހާމަކޮށްފިއެވެ.

އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އޭނާއަށް ވޯޓު ދޭން ޖެހޭ 4 ސަބަބެއް ވާކަމަށެވެ. ނާޒިމްގެ ވެރިކަމެއްގައި ހަމަހަމަކަން އިސްކުރެވޭނެ ކަމަށާއި، އަދުލު އިންސާފަށް ވަކާލާތު ކުރެވޭނެ ކަމަށާއި، މުއްސަނދިނާއި ފަގީރުންގެ ތަފާތު ކުޑަކުރައްވާނެ ކަމަށާއި އަދި ރާއްޖޭގެ ރައްކާތެރިކަމާއި މިނިވަންކަން ސަލާމަތް ކުރައްވާނެ ކަމަށްވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަކީ ރައްކާތެރި ގޮތުގައި ރާއްޖޭގައި އުޅެވޭނެ ބަޔަކަށް ހަދާދެއްވާނެ ކަމަށެވެ.

ޕްރޮގުރޮމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގުދާރުބިންދައިގެން ނުވަތަ ބުރަމަސައްކަތުން މަސައްކަތް ކުރާ ހުރިހާ ފަރާތަކަށްވެސް ލިބެންޖެހޭ ހައްޤު މުސާރަ ދެއްވާނެ ކަމަށެވެ. އަދި 8000 ރުފިޔާއަކީ ދިރިއުޅުމެއް އުޅެން އެކަށޭނެ މުސާރައެއް ނޫންކަމާއި މަދުވެގެން 15000 ރުފިޔާގެ މުސާރައެއް ލިބެން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އެކަށޭނެ މުސާރައެއް ދިނުމަށްޓަކައި ދިވެހިރާއްޖެގެ އިޤްތިސޯދަށް ބޮޑެތި ބަދަލުތަކެށް ނާޒިމްގެ ވެރިކަމެއްގައި ގެންނާނެކަމަށެވެ.

ނާޒިމް ވިދާޅުވީ ދިވެހިންނާއި ބޭރުމީހުންގެ ދެމެދުގައިވާ ފަރަގު ނިމުމަކަށް ގެންނާނެ ކަމަށެއެވެ. މި ފަރަގުގެ ބޮޑު ކަމުގެ ވާހަކަ ދައްކަވާ އޭނާ ވިދާޅުވީ ބޭރުމީހަކަށް ލިބޭ އެލަވަންސެއް ދިވެހިންނަށް ވެސް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ތައުލީމީ ޒުވާނުންނާށް އެމީހަކަށް ހައްގުވާ މަގާމަކަށް ދިޔުމަށް ބާރުއަޅާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން ސަލާންޖަހައިގެން ބޭސްފަރުވާ ހޯދަން އުޅެން ނުޖެހޭނެ ކަމާށާއި އެކަން އޭނާގެ ސަރުކާރެއްގައި ނިމުމަކަށް ގެންނާނެ ކަމަށެވެ. ނާޒިމް ވިދާޅުވީ އެމީހެއްގެ ބަލި ހާލަތާ ގުޅޭގޮތުން އެއަށް އެކަށޭނެ އިންޝުއަރެންސް ކާޑެއް ކޮންމެ ފަރާތަކަށް ވެސް ލިބޭނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: