ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ފެތުރެމުންދަނީ ނޯރޯ ވައިރަސް: އެޗްޕީއޭ

ފޮޓޯ: ގޫގުލް އާތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިރަށް މާލޭގައި ފެތުރެމުންދާ ބައްޔަކީ ނޯރޯ ވައިރަސް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މިއަދު އެޗްޕީއޭ އިން ކުރެއްވި ޓުވީޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މި ރޯގާ އަކީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެކެވެ. އަދި މީހުން ގިނައިން އެއްވެ އުޅޭ ތަން ތަނުގައާއި ބަންދު ތަންތަނުގައި މި ރޯގާ ވަރަށް ފަސޭހަ ކަމާއެކު ފެތުރޭ ކަމަށް ވަނީ ހާމަކޮށްފައެވެ.

މި ރޯގާ އިން ސަލާމަތް ވުމަށްޓަކައި ގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވާފައި ވެއެވެ. ހޭންޑްސެނިޓައިޒަރ އެކަނި ބޭނުން ކުރުމުން ނޯރޯވައިރަސް އިން ރައްކާތެރި ނުކޮށްދޭ ކަމުގައި ވެސް ވަނީ އަންގަވާފައެވެ.

ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަން ތަން ސާފުކުރުމަށް ޓިޝޫ ނުވަތަ ޕޭޕަރ ޓަވަލް އިން ސާފުކުރުމަށް ފަހު 5 މިނަޓު ވަންދެން ބްލީޗް އަޅައިފާބެހެއްޓުމަށް ވަނީ ވިދާޅުވެފައެވެ. އަދި ބްލިޗް ސާފުކޮށް އެތަން ސައިބޯނި ނުވަތަ ދޮންނަ ސޮލިއުޝަން އަކުން ސާފުކުރުމަށް އަންގަވާފައި ވެއެވެ.

ބަލީގެ އެއްވެެސް އަލާމާތެއް ހުރިނަމަ ބަލީގެ އަލާމަތްތަށް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރު ކުރުމުގައި ބައިވެރި ނުވުމަށާއި މީހުން އެއްވާ ތަންތަނަށް ނުދިޔުމަށް ވަނީ އަންގަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: