ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް “ހަކުރު” ވިއްކަވާކަމަށް ވިދާޅުވެ ނަޝީދުގެ ބޮޑު ތުހުމަތެއް!

އީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް “ހަކުރު” ވިއްކާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކޮއްފިއެވެ.

އައްޑޫގައި ކުރިއަށް ގެންދިޔަ ޑިމޮކްރެޓްސް ގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިޙް ހަކުރު ވިއްކާ ކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދަޅުވީ ދިވެހިރާއްޖޭގެ ރައީސް މަސްތުވާ ތަކެތީގެ ކަންކަން ފަސޭހަ ކޮށްދެއްވާނެ ކަމަށް އެމަނިކުފާނުގެ ބައިވެރިއެއް ކަމުގައިވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މަޖަލަށް ހަދައިގެންވެސް މިބާވަތުގެ ވާހަކަ ދެއްކުމަކީ އެމަނިކުފާނަށް ފެންނަގޮތް ނޫން ކަމުގައެވެ.

ނަޝީދު ވިދާޅުވީ އެފަދަ ވާހަކަ ރައްޔިތުންގެ ތެރޭގައި ދެއްކުމުން ރައްޔިތުންނަށް ވަރަށް ބޮޑެތި އޮޅުން އަރައިގެން ދާނެ ކަމަށެވެ. ރައީސް ހަކުރު ވިއްކަން ތާއިދު ކުރައްވާ ކަމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން އެކަމުގެ ތެރެއިން ސަލާމަތް ކުރެވޭނެ ގޮތް ހޯދަން ޖެހޭ ކަމަށެވެ.

ތަރައްގީ ނުވެގެން މިއުޅެނީ ބުރިޖެއް ނޫން، ގޭތެރެ..

ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކިތައްމެ ބޮޑު މަގެއް ހަދައިފާ އޮތް ކަމުގައި ވިޔަސް ހާސްކަމާއި އަދި ކަންބޮޑުވެ ނިދިން މަހްރޫމު ވުމަކީ އެއީ ބޮޑެތި ކަންކަން ކަމުގައެވެ. ރިޔާސީ ކެންޑިޑޭޓުން ގޭތެރޭގެ ކަން ކަމަށް ބައްލަވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
45%ވަރަށް ގަދަ 18%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 9%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: