ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ ސްޕެޝަލް އެޑްވައިޒަރަކަށް އަލީ ވަހީދު

ގާސިމްގެ ސްޕެޝަލް އެޑްވައިޒަރަކަށް އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި އެ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު ހަމަޖައްސައިފި އެވެ.

ޖޭޕީގެ 159 ވަނަ ކައުންސިލް ބައްދަލުވުމުގައި ގާސިމްގެ އެޑްވައިޒަރުކަމަށް ތިން ބޭފުޅަކު އައްޔަނު ކުރި އެވެ. އެ މަގާމަށް ދެން ހަމަޖެއްސީ އިސްމާއިލް ޝުޖާ އާއި އިބްރާހިމް ޝުޖާ އެވެ.

ގާސިމާއި ގާތް ގުޅުމެއް އޮންނަ އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުގެ ދައުވާތައް އަނބުރާ ގެންދިއުމުން އޭނާ ރާއްޖެ ވަޑައިގަތީ ދާދިފަހުންނެވެ. ސިޔާސީ ގޮތުން މަސައްކަތް ކުރުމުގެ ވިސްނުން ހުރި ނަމަވެސް، އަލީ ވަހީދު ވިދާޅުވި ގޮތުގައި އޭނާގެ މެއިން ފޯކަސް ހުންނާނީ ފުޓުބޯޅައަށެވެ. އެއީ ރާއްޖެއިން ބޭރުގައި މި ހޭދަ ކުރި ދޮޅު އަހަރުގެ ތެރޭގައި އެންމެ ބޮޑަށް މަސައްކަތް ކުރެވުނީ އެ ދާއިރާގެ ތެރެއިންކަމަށް ވާތީކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މީގެ ކުރިން އަލީ ވަހީދު ހުންނެވީ ގާސިމްގެ ހާއްސަ ޕޮލިޓިކަލް އެޑްވައިޒަރަކަށެވެ. ޕާޓީގެ ރައީސްގެ މަގާމަށް ހޯއްދެވީ އޭގެ ފަހުންނެވެ. އެއަށް ފަހު 2018 ގެ ރިޔާސީ އިންތިހާބަށް ހެދި ކޯލިޝަނުގެ ދަށުން އަލީ ވަހީދު އައްޔަނު ކުރީ ޓޫރިޒަމް މިނިސްޓަރަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: