ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ ކެންޑިޑެސީ މައްސަލައަށް ދައުލަތުން ތަދައްހުލް ވަނީ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅި ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލައިގެ ތެރެއަށް ބަންޑާރަ ނައިބުގެ އޮފީހުން ތަދަހުއްލްވެއްޖެ އެވެ.

ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އީސީން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާއާއި، ރިޔާސީ އިންތިހާބުގެ ގާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

ރައީސް ޔާމީންގެ ފޯމު ބަލައިގަނެވެން ނެތްކަމަށް ނިންމައި އެކަން އެންގި ލިއުމުގައި ކޮމިޝަނުން ބުނެފައި ވަނީ ރައީސް ޔާމީނަކީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާއިރު ގާނޫނު އަސާސީ ބުނާގޮތުގައި ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ހުކުމެއް އައިސްފައިވާ މީހަކަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ އެވެ. އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ނެތްކަން އެމަނިކުފާނުގެ ކުށުގެ ރެކޯޑުން ވެސް އެނގޭކަމަށް އީސީން ބުންޏެވެ.

މި މައްސަލައިގައި އީސީއާއި އިތުރު މުއާމަލާތެއް ނުކުރުމަށް ނިމްމައި، އިދިކޮޅުން މައްސަލަ ކޯޓަށް ހުށަހެޅިއިރު ސުޕްރީމް ކޯޓުން ވަނީ މާދަމާގެ 14:30 އަށް އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. އިންތިހާބާއި ބެގޭ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން އީސީގެ ނިންމުމާއި މެދު ހިތްހަމަ ނުޖެހޭނަމަ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެ އެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް އޭޖީ އޮފީހުން ތަދައްހުލްވާން ޖެހޭކަމަށް ސުޕްރީމް ކޯޓުން ނިންމީ، ކޯޓުތަކުގެ ގާނޫނުން އެ ކޯޓަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ. އެއީ ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި މަސްލަހަތު އޮތްކަމަށް ކޯޓަށް ފެންނަ ބަޔަކު ތަދައްހުލުވުމެވެ.

މީގެއިތުރުން އިދިކޮޅު ޕީޕީއެމް ވެސް މައްސަލައަށް ތަދައްހުލުވުމަށް އެދިފައިވާތީ ކޯޓުން ވަނީ އެ ފުރުސަތު ދީފަ އެވެ.

ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމު ބަލައިނުގަތް މައްސަލައިގައި އިދިކޮޅުން ވަނީ ސަރުކާރަށް ފާޑުކިޔައި މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނުފޫޒެއްކަމަށް ސިފަކޮށްފަ އެވެ.

އިދިކޮޅުން މީގެ ކުރިން ވެސް ވަނީ މިއީ އައިސްދާނެ ހާލަތެއްކަމަށް ބަލައި، ސުޕްރީމް ކޯޓުން ހޯދޭނެ ފަރުވާތައް ފާހަގަކޮށްފަ އެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ، އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ އެ ނިންމުން އީސީން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަރުތީބުކޮށްގެން ކަމަށެވެ.

ޖަމީލް ވަނީ އީސީ އޮތީ ނުފޫޒެއްގައިކަން ކުރިން ވެސް ގަބޫލު ކުރެވިފައި އޮތްކަން ފާހަގަކޮށްފަ އެވެ. އެހެންކަމުން ގާނޫނުގައިވާގޮތުގެ މަތިން މައްސަލަ ސުޕްރީމް ކޯޓުން ކާމިޔާބުވާނެކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: