ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލްޔާސްގެ ކެނޑިޑަސީ ފޯމު ހުށައަޅައިފި!

ރައީސް ނަޝީދާއ ޑިމޮކްރެޓްސްގެ ކެނޑިޑޭޓު އިލްޔާސް.
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ކެނޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.

އެމްޑީޕީއިން ވަކިވި ގިނަ އަދަދެއްގެ އިސް މެމްބަރުންތަކެއް ހިމެނިގެން އެކުލެވިފައިވާ ޑިމޮކްރެޓްސްއަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުގެ ދަށުން އުފެއްދިފައިވާ ޕާޓީއެކެވެ. އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބުއަށް ޓިކެޓު ލިބިވަޑައިގެންނެވީ އަސާސީ ގަވައިދުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރައިމަރީއެއްގައެވެ.

ޕްރައިމަރީއަށް ކުރިމަތިލެއްވީ އިލްޔާސް އެކަނިއެވެ. އިލްޔާސްގެ ރަނިނގް މޭޓެއްކަމަށް ކަނޑައެޅިފައިވަނީ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުއެވެ. ކެނޑިޑަސީ ފޯމު ހުށައެޅުއްވީ ދެ ބޭފުޅުން އެކުގައި ތިއްބަވައިގެންކަމަށްވާއިރު، ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ފޯމު ހުށައެޅި އިރު ދަރުބާރުގެ ސަރަހައްދަށް ހާޒިރުވެފައިވެއެވެ.

އިލްޔާސްގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމްވެސް ވަނީ މިއަދުގެ ވަގުތެއްގައި ފޯމު ހުށައަޅުއްވާފައެވެ. ރިޔާސީ އިންތިހާބުގެ ފޯމު ހުށައެޅުމަށްފަހު އިދާރީ ފީ ދެއްކުމަށް އާންމު ހާލަތެއްގައި 48 ގަޑިއިރު ލިބިގެންދާނަމަވެސް ފޯމު ހުށައެޅުމުގެ މުއްދަތު މާދަމާ ހަމަވެގެންދާނެކަން ފާހަގަކުރެވެއެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: