ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަށް ކުރިމަތިލީ ފުރުސަތު ލިބުނު މީހުން ރައްޔިތުން އެދޭ ކަންކަން ކޮށްދެވިފައިނުވާތީ: އިލްޔާސް

ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެތައް ޒަމާންތަކެއް ވަންދެން އެކި ފަރާތްތަކަށް ފުރުސަތު ދެވިފައިވާކަމަށާއި އެހެންނަމަވެސް ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވަނީ ފުރުސަތު ލިބިވަޑައިގެންނެވި ފަރާތްތަކަށް ރައްޔިތުންގެ އެދުންތަކާއި އެއްގޮތަށް ކަންކަން ކުރެވިފައިނުވާތީކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ކެނޑިޑަސީ ފޯމު ހުށައެޅުވުމަށް ފަހު މީޑީއާތަކާއި ވާހަކަދައްކަވަމުން އިލްޔާސްވަނީ ކުރިއަށް އޮތް އިންތިހާބުގައި އޭނާއަށް ތާއީދުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައްޔިތުން އެދިއެދި ތިބިކަމާއިމެދު އެއްވެސް ޝައްކެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްއިން މަސައްކަތްކުރަމުންދަނީ ރައްޔިތުން އެދިއެދި ތިބި އެހެންނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ބޮލާލައި ޖަހާފައިވާކަންކަން ކޮށްދެއްވުމަށްކަމަށެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސް އިން ވެރިކަމަށް އައުމަށް މަސައްކަތްކުރަމުންދަނީ ރައްޔިތުންގެ އެދުމެންދާ ކަންކަން ހާސިލުކުރެވޭނެ ގޮތްތަށް ބެލުމަށްފަހު އެކަންކަން ކުރުމަށްކަމަށެވެ.

އިލްޔާސް ވިދާޅުވީ، އެކަންކަން ކުރެއްވުމަށް އަމްރުއާއި އޭނާއަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ދެ ބޭފުޅުންވެސް ނުކުމެ ތިއްބެވީ ރައްޔިތުންގެ ހިދުމަތުގައި ރައްޔިތުންގެ އެދުންތައް ހާސިލުކޮށްދެއްވުމަށްކަމަށެވެ. އޭނާވަނީ ވާދަވެރި ކެނޑިޑޭޓުންނާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ވާދަވެރި ކެނޑިޑޭޓުންނަކީ އޭނާ އުފަންވިއިރުވެސް ސިޔާސީ މައިދާނުގައި މަސައްކަތްކުރަމުންދާ ފަރާތްތައްކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު އެނާ އަދި އަމްރު ވެރިކަމަށް ވާސިލުވުމުގެ މަސައްކަތް ކުރަމުންދާއިރު، މައިދާނުގައި އަދިވެސަް ތިއްބެވީ ޒަމާނުއްސުރެވެސް ހަރަކާތްތެރިވަމުންދާ ފަރާތްތައްކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖެ ހިންގަމުންދަނީ ދުވަސްވީ އުމުރުގެ ބޭފުޅުންތަކެއްކަމަށެވެ. އިލްޔާސް ވިދާޅުވީ، އެ ބޭފުޅުންނާއި މުއައްސަސާތައް ހިންގަމުންދާ ފަރާތްތަކާއި ދެމެދު އުމުރުގެ ބޮޑެތި ތަފާތުތަކެއް ހުރިކަމަށެވެ. އެހެންކަމުން މި ޖީލާއި އެކު މަސައްކަތްކުރުމަށް ބޭނުންވަނީ އެވެރިންނާއ  ހިޔާލު އެއްގޮތް ”ޓިއުނުވާ“ ބޭފުޅުންކަމަށާއި ބޭނުންވަނީ އެދެމުންދާ ދުވެއްޔެއްގައި ކަންކަން ކުރެވޭނެ ލީޑަރޝިޕެއްކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: