ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާރިސް އަމިއްލަ ގޮތުން ވާދަކުރާނެކަން ކަށަވަރުކޮށްފި!

އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާކަމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމަވާފައިވާކަން ހިއްސާކުރެއްވީ ސޯޝަލްމީޑިއާއަށް ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، އޭނާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވީ ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން ގައުމުގެ އިސްލާހުކުރެއްވުމުގެ މަގުސަދުގައިކަމަށެވެ.

2023 ވަނަ އަަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަން ފާރިސް ކަށަވަރުކޮށްދެއްވާފައިވާއިރު، އޭނާވަނީ އެކަމަށް ބޭނުންވާ 1500 ސޮއިވެސް ހަމަކުރައްވާފައިވާކަން މީގެކުރިން ހާމަކުރައްވާފައެވެ. އެގޮތުން ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަދައްކަވަމުން އޭނާވަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރައްވަމުންދާކަންވެސް ފާހަގަކޮށްފައެވެ. އަދި އެކަމަށް ތަރުހީބު އޮތްކަމަށާއި ސިޔާސީ ޕާޓީތައް މަތިން އާންމުން ފޫހިވެފައިވާކަމަށްވެސް ފާރިސްވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް ބޭނުންވެވަޑައިގެންނެވީ އެމްއާރްއެމްގެ ގާނޫނީ ހައިސިއްޔަތާއިމެދު ސުވާލު އުފެދިފައިވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: