ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމަރާއި ފާރިސްގެ ކެންޑިޑެސީ ފޯމު އީސީ އިން ބަލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބަށް ކުރިމަތި ލެއްވި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫންގެ ކެންޑިޑެސާީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފިއެވެ.

މި ދެބޭފުޅުންވެސް ވަނީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތި ލައްވާފައެވެ. އީސީގެ ނައިބުރައީސް އިސްމާއިލް ހަބިބް ވިދާޅުވީ އެ ދެބޭފުޅުންގެ ފޯމު ބަލައި ފާސްކުރިއިރު ދެބޭފުޅުންގެ ވެސް ގާނޫނީ ގޮތުން ޝަރުތުތައް ހަމވެފައިވާތީި ހުށަހަޅައިފައިވާ ފޯމު އީސީއިން ވަނީ ބަލައިގަނެފައެވެ. މި ދެބޭފުޅޫންގެ އިތުރުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ގެ ފޯމުވެސް ވަނީ ބަލައިގަނެފައެވެ. ނަމަވެސް ޒަލީމްގެ ކެންޑިޑެސީ އަދި ބަލައިގެންފައެއް ނުވެއެވެ.

މީގެއިތުރުން ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކެނަޑިޑޭޓުންގެ ފޯމު ވަނީ އީސީ އިން ބަލައިގަނެފައެވެ. މީގެ ތެރޭގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް އާއި، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ އިތުރުން، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: