ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބޭ ހުރިހާ ފަރާތެއްގެ ލިސްޓު ގެޒެޓްކޮސްފިއެވެ.
ސަރުކާރުގެ ބޮހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުލެޓު ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔަ ސްކީމްގެ ދަށުން ފުލެޓަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓު ވަނީ ހުށަހަޅާފައެވެ. ސަރުކާރުން ނިންމާފައިވަނީ ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ފުލެޓު ދިނުމަށެވެ. ގެޒެޓު ކުރެވިފައިވާ އިއުލާނުގައި މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ ދާއިމީ ލިސްޓު އިއުލާނު ކުރުމުގެ ކުރިން ވަގުތީ ލިސްޓުގައި ޝަރުތު ހަމަވާކަމަށް ކަނޑައަޅައިފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިވާ ދިރިއުޅުމުގެ ހާލަތާއި ގުޅޭ މައުލޫމާތުގެ ސައްހަކަނަ ކަށަވަރު ކުރުމުގެ މަސައްކަތް ކުރާބެ ކަމަށެވެ. އަދި ފޯމުގައި ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް އިގްރާރުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެ ކަމަށްވެސް މިނިސްޓްރީއިން ވަނީ އަންގަވާފައެވެ.
ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށެއެޅުމަސް ބޭނުންވާ ފަރާތްތަކުން ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުމަށްވަނީ މިނިސްޓްރީއިން އެދިފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 18 ފަންގިފިލާގެ 32 ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1200 އެޕާޓުމެންޓާއި ތިން ކޮޓަރީގެ 2800 އެޕާޓުމެންޓެވެ.
މާލެއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުވާލި މި ފުރުސަތުގައި 4000 ފުލެޓަށް އެދި 20697 މީހުންވަނީ ފޯމު ހުށަހަޅައިފައެވެ.

