ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ ނަން ނެތި ޑިމޮކްރެޓިކް ހަމަތަކުގެ އިންތިހާބެއް ނުބޭއްވޭނެ، އިންސާފުވެރި ވެސް ނުވާނެ: ސައީދު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ޖުމްހޫރީ މައިދާނުގައި. ފޮޓޯ: މުހައްމަދު ޝާބިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް، އަދި އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަން ނެތި ބާއްވާ ރިޔާސީ އިންތިހާބެއް އެއީ ޑިމޮކްރެޓިކް ހަމަތަކުން ބޭއްވޭ އިންތިހާބަކަށް ނުވާނެކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީން އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި އެކު އިދިކޮޅުން ދެން ރިޔާސީ އިންތިހާބުގައި އަމަލު ކުރާނެ ގޮތަކާއި މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އިންތިހާބުގައި ވާދަކުރަން ހުށަހެޅުމުގެ މުއްދަތު ހަމަވީއިރު ޕީއެންސީގެ ޓިކެޓު ލިބިވަޑައިގެންނެވި މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކެންޑިޑެސީ ފޯމު ހުށަހަޅުއްވި ނަމަވެސް ޕާޓީގެ ލީޑާޝިޕް އޮތީ މުއިއްޒަށް ތާއީދު ކުރާ ގޮތަކަށް ނޫނެވެ.

ހައިކޯޓުގެ އިސްތިއުނާފު ކުރިޔަށް ނުގޮސް އޮންނަތާ ދޮޅު މަސްވެފައިވާއިރު، މިއަދު އިދިކޮޅު ލީޑަރުންނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލު ކޯޓަށް ވަޑައިގަތުމުން ރެޖިސްޓްރާ ވަނީ ބުރާސްފަތި ދުވަހު އަޑުއެހުމެއް އޮންނާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ކޯޓުގެ ކުރިމަތީ މީޑިއާތަކަށް ދިން ސްޓޭޓްމަންޓުގެ ފޮޓޯއެއް ޓުވީޓު ކުރައްވައި، ސައީދު ވިދާޅުވީ ރައީސް ޔާމީނަށް ލިބިގެންވާ އެންމެ އަސާސީ ހައްގުތަކުން އެމަނިކުފާނު އެކަހެރިކޮށްފައިވާކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ބާއްވާ ރިޔާސީ އިންތިހާބެއްގައި އެމަނިކުފާނަށް ބައިވެރިވުމުގެ ފުރުސަތު ގެއްލުވާލުމުން އެއީ އިންސާފުވެރިކަމާއި ޑިމޮކްރެޓިކް ހަމަތަކުން ބާއްވާ އިންތިހާބަކަށް ނުވާނެކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް ލަސްކުރީ ހައިކޯޓުގެ ފަނޑިޔާރުން ނަމަވެސް އެންމެ މަތީ ކޯޓުން ކެންޑިޑެސީ އާއި މެދު ގޮތެއް ނިންމިއިރު އެކަން ނުފެނުނު ކަމަށެވެ.

ހައިކޯޓުގައި ތިއްބެވި ބައެއް ފޮޓޯތައް ޓުވީޓު ކުރައްވައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީންގެ އިންތިހާބީ ހައްގުތައް ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން ނިގުޅައިގަނެފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ބާކީ އެންމެ 30 ދުވަސް އޮތް އިރު، އިންތިހާބު ބޮއިކޮޓު ކުރުމަށް ފެނޭތޯ ދެ ޕާޓީގެ ސެނެޓަރުން ނިންމައިދޭން އެދި ރައީސް ޔާމީން ނޯޓެއް ފޮނުވި މައްސަލަ ވެސް ގޯސްވި އެވެ. ހޫނު ޒުވާބުތަކާއި، ބޮޑެތި ބަހުސްތަކަށް ފަހު ނެގުނު ވޯޓުގައި މެމްބަރުން އިއްތިފާގުވީ އިންތިހާބު ބޮއިކޮޓު ކުރަން ނުފެންނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: