ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓު ދޭ އިރު އިސްކަންދޭންވީ ދިވެހި ގައުމު އިސްކުރާ ބަޔަކަށް ވޯޓް ދިނުމަށް: ޑރ.މުއިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބުގައި ވޯޓު ދޭ އިރު އިސްކަންދޭންވީ ދިވެހި ގައުމު އިސްކުރާ ބަޔަކަށްކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑީޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ މިރޭ އިދިކޮޅުގެ ރިޔާސީ ކެމްޕޭން ޖަގަހަ ”ދިވެހީންގެ ޖަގަހަ“ ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްަވަމުންނެވެ.

ޑރ.މުއިއްޒުގެ ވާހަކައިގައި ދިވެހި ރައްޔިތުން ވިސްނަންވީ ގައުމު ހިންގުން ހަވާލުކުރާނީ ކާކާތޯކަމަށާއި އަދި މި ނިންމުން ނިންމާއިރު ރައްޔިތުން ވިސްނަންވީ، ފެނިގެންދާ މަންޒަރަކަމަށް ވިދާޅުވިއެވެ. ފެނިގެންދަނީ ގައުމު އޮޔާދާ މަންޒަރުކަމަށާއި، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް އޮޔާދާ މަންޒަރުކަމަށް ވިދާޅުވިއެވެ. އަދި ގައުމުގެ އިޤްތިޞާދު ވަނީ އަނދަވަޅަކަށް ވެއްޓިފައިކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފިކުރާއި އެކު ގައުމު އިސްކޮށްގެން ނޫނީ ތާ އަބަދަށް ދިވެހިރާއްޖޭގެ މުސްތަޤްބަލް ސަލާމަތްނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

”ރައީސް ޔާމީން ދިޔާސީ މަސައްކަތްތަކުން ދުރުކުރެއްވީ ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުއްވަނިކޮށް. އެހެން ނަަމަވެސް އަޅުގަނޑުމެންގެ އަޒުމެއް ނުގުޑާނެ، އަޅުގަނޑުމެން މިފަށާފައިވާ މަސައްކަތް ހުއްޓައެއްނުލާނެ، އެމަނިކުފާނު މިނިވަންކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރާނަން، ކުރިއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް އެމަނިކުފާނު މިނިވަންކޮށްފަ ނޫނީ އަޅުގަނޑުމެން މިކުރާ މަސައްކަތް ހުއްޓައެއް ނުލާނަން“ ޑރ.މުއިއްޒު ވިދާޅުވިއެވެ.

ޤާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމީން މިނިވަންކާނެކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ. ދިވެހިން ރިޔާސީ އިންތިޚާބުގައި ވޯޓު ދޭއިރު ވިސްނަންވީ އެންމެ ފުރަތަމަ ގައުމު އިސްކުރާ ބަޔަކަށްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޕްރޮގްރެސިވް ކޯލިޝަނުގެ އެންމެ ބޮޑު ފިކުރަކީ އެންމ ފުރަތަމަ ދިވެހި ގައުމުކަމުގައި ވިދާޅުވިއެވެ. ޕީޕީއެމް ޕީއެންސީ އިން ކުރިއަށްދާނީ ގައުމު އިސްކޮށްގެންކަމުގައި ވިދާޅުވިއެވެ. އެހެން ނޫން ނަމަ ތާ އަބަދަށް އަޅުގަނޑުމެންގެ މުސްތަޤްބަލް ބަނަވެގެންދާނެކަމުގައިި ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ކިބައިން ފެންނަމުންދަނީ އަނިޔާވެރިކަން ކަމުގައި މުއިޒް ވިދާޅުވިއެވެ. އިދިކޮޅުން އުފައްދާ ސަރުކާރަކީ އަނިޔާވެރިކަމުން އެކަހެރިވެފައިވާ ސަރުކާރަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭކަމަށާއި، އަނިޔާވެރިކަމަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މިގައުމަށް މިވަގުތު ބޭނުންވަނީ އަނިޔާވެރިކަމަށް ނޫނެކޭ ބުނާ ސަރުކާރެއްކަމަށް ވިދާޅުވިއެވެ. އަދި އިދިކޮޅުން އުފައްދާ ސަރުކާރަކީ ތާ އަބަދަށް އަނިޔާވެރިކަމަށް ނޫނެކޭ ބުނާނެ ސަރުކާރެއްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: