ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒަކީ ރައީސް ޔާމީން ރައްޔިތުންނަށް ދެއްކި ހައްލު: ޝިޔާމް

ޕީޕީއެމްގެ ނައިބުރައީސް ޝިޔާމް: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަކީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓުލާން އިތުރު ފަރާތެއް ނެތިދާނެކަމުގެ ބިރު އޮތުމުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ހައްލުކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒުގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ދައުވާތަކެއް އުފުލައި ޖަލަށް ލާފައިކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުން އެކަން ކޮށްފައިވަނީ ކުރިއަށް އޮތް އިންތިހާބުގައި ކާމިޔާބު ލިބެން އޮތް ހަމައެކަނި ގޮތަކީ އެއީކަމަށް ހިސާބު ޖައްސަވައިގެން ކަމަށެވެ. ޝިޔާމް ވިދާޅުވީ، ސިޔާސީ ދައުވާތަކެއްގެ މައްޗަށް ޝަރީއަތް ހިންގައިގެން ސަރުކާރުން އެންމެ ފަހު ވަގުތާއި ޖެހެން ދެން ވެސް މަސައްކަތް ކުރީ އެމަނިކުފާނަށް ކުރިމަތިނުލެވޭ ގޮތް ހަދައި ނަން ފޮހެލުމަށްކަމަށެވެ.

އެހެންނަމަވެސް އެމަނިކުފާނު ވަނީ އެފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ބަލައި ދިވެހި ރައްޔިތުން ވޯޓު ލާނެ އިދިކޮޅު ކެންޑިޑޭޓެއް ނެތިދާނެކަމުގެ ބިރުތިކަން އޮތުމުގެ ސަބަބުން، އެ ފަދަ ގޮތަކަށް ކަން ވެގެން ނުދާނެކަން ކަށަވަރު ކުރުމަށް މަގެއް ދައްކާފައިކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީން ދެއްކެވީ އެމަނިކުފާނުގެ އަރިހުން ތަރުބިއްޔަތުވެފައިވާ އެމަނިކުފާނުގެ ޒައާމަތުގައި ތަރައްގީގެ މަސައްކަތްތައް ކުރެއްވުމުގައި އެންމެ ބުރަކޮށް އުޅުއްވި އެއް ވަޒީރުކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީން ދެއްކެވި މަގަކީ މުއިއްޒުކަމަށެވެ.

ޝިޔާމް ވިދާޅުވީ، މުއިއްޒާއިއެކު މަސައްކަތް ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ލިބިވަޑައިގެން ހުންނެވި ތަޖުރިބާ އާއި ތައުލީމުގެ ބޭނުން ކުރައްވައިގެން ރައީސް ޔާމީންގެ އަމާޒަށް އިދިކޮޅު ކޯލިޝަންގެ މަސައްކަތްތައް ގެންދިއުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވިތަން ފެނިވަޑައިގެންފައިވާކަމަށެވެ. އަދި ވިދާޅުވީ، މުއިއްޒު އިހުލާސްތެރި ބުރަ މަސައްކަތްތަކެއް ކުރެއްވި މަންޒަރު ފެނިވަޑައިގެންނެވިކަމަށެވެ.

ޝިޔާމް ވަނީ ޑރ. މުއިއްޒުގެ ރަނިންގްމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި ދުވަސްވީ ގާތް ގުޅުމެއް އޮތްކަމާއި އެކި ހަރަކާތްތަކުގައި ގާތްކޮށް އެކުގައި މަސައްކަތް ކުރެވުނުކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ހުސައިންގެ ހިތުގައި ރައީސް ޔާމީނާއި ދިވެހި ގައުމަށް އޮތް ލޯބި އިހުސާސް ކުރެވޭކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ އަމާޒަށް ވާސިލުވުމަށްޓަކައި އިދިކޮޅު ކޯލިޝަންނަށް ނެރެވޭމެ އެންމެ ގާބިލު ދެ ބޭފުޅުންނަކީ މުއިއްޒާއި ހުސައިންކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅުން ރިޔާސީ އިންތިހާބަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއްޅުއްވައި ޝިޔާމް ވިދާޅުވީ، ކުރަމުންދިޔަ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގޮސްފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ކަނޑައެޅިފައިވާ ކެންޑިޑޭޓުންނާއި އެކު ކުރިއަށް އޮތްތާނގައި ކުރަން ހުރި މަސައްކަތްކަށްވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، އެހެން ވިދާޅުވާ ސަބަބަކީ 8 ކެންޑިޑޭޓުން ވާދަކުރައްވާއިރު ޑރ މުއިއްޒުގެ ކިބައިން ފެނިގެންދާ ”ކޮލިޓީ“ ފެނިގެންނުދާތީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: