ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޫދާނުގައި ހާހެއްހާ މީހުންގެ ހަށިތައް މަގުމަތީގައި ކުނިވަނީ!

ސޫދާނުގެ މަންޒަރެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސޫދާނުގައި ހިނގަމުންދާ ބޮޑެތި ހަމަނުޖެހުންތަކުގެ ތެރެއިން މީހުން މަރުވަމުންދާ އަދަދުތައް ގިނަކަމުން އެ ގައުމުގެ މޯޗަރީ ފުރި ހާހެއްހާ މީހުންގެ ހަށިތައް މަގުތައް މަތީ ކުނިވަމުންދާކަމަށްވުމުން ބަލިފެތުރުމުގެ ބިރު ހީވެފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތަކުގައިވާގޮތުން ސޫދާނުގެ އަސްކަރިއްޔާ އަދި އެ ގައުމުގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ އާރްއެސްއެފް ޖަމާއަތުގެ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މަރުވާ މީހުންގެ ހަށިތައް ވަޅުލުމާއި ނައްތާލުމުގެ މަސައްކަތްތައް ކުރަމުންދާ އެ ގައުމުގެ ވެރިރަށް ކަރތޫމުގެ މޯޗަރީވަނީ ފުރިގޮސްފައެވެ. އެހެންކަމުން އެއް ހާހާއި ގާތް ކުރާ އަދަދަކަށް މީހުންގެ ހަށިތައް މަގުތައް މަތީ ކުނިވަމުންދާކަމަށާއި އެކަމުގެ ސަބަބުން ކޮލެރާ ފެތުރި ސިއްހީ ކާރިސާއެއް އުފެދިގެން ދިއުމުގެ ފުރުސަތު އިންތިހާއަށް ފަހިވެފައިވާކަމަށް ޑޮކްޓަރުންނާއި އެ ސަރަހައްދުގައި އެހީތެރިކަން ފޯރުވުމުގެ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކުން ބުނާކަމަށް ރިޕޯޓުތަކުގައިވެއެވެ.

ޝާއިއުކުރެވިފައިވާގޮތުން، ކަރތޫމްގެ މޯޗަރީވެސް ހުރީ ފުރިދިއުމުގެ ސަބަބުން ގޯސް ހާލަތެއްގައެވެ. އެގޮތުން ގިނަ އިރުތަކެއްވަންދެން ކަރަންޓު ދިއުން ފަދަ ދަތިތަކުގެ ސަބަބުން ފިނިކުރުމުގެ ނިޒާމުގެ ބާރުގޮސް އެ ތަނުގައި ހުރި ހަށިތައްވެސް ކުނިވަމުންދާކަމަށާއި ސިއްހީ ހިދުމަތްތައް ދޭން ތިބި ފަރާތްތައްވެސް މިހާރު އެތަން ދޫކޮށް ގޮސްފައިވާކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކުން ބުނާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ގިނަ އަދަދެއްގެ ހަށިތަކެއް ކުނިވަމުންދިއުމަކީ އެ ގައުމުގެ އަސްކަރިއްޔާ އަދި ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ އާރްއެސްއެފް ދެމެދު ފެށިގެންދިޔަ ހަމަނުޖެހުންތަކަށްފަހު އެ ގައުމަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ގޮންޖެހުމެވެ. ރިޕޯޓުތަކުގައިވާގޮތުން މި ހަމަނުޖެހުންތަކުގެ ތެރޭގައި މިހާތަނަށް އެންމެ މަދުވެގެން 1105 މީހަކު މަރުވެފައިވާކަން ކަށަވަރުކުރެވެއެވެ. އަދި 12،115 މީހަކަށް އެކިވަރުގެ އަނިޔާތައްވެސް ލިބިފައިވާކަމަށް އދއިން މިދިޔަ މަހުގެ ތެރޭގައި ހާމަކޮށްފައިވާކަމަށާއި އެހެންނަމަވެސް އަދަދުތައް އެއަށްވުރެ މަތިވުމުގެ ފުރުސަތުތައް އޮތްކަމަށް ރިޕޯޓުތަކުގައިވެއެވެ.

ޔުނިސެފްއިން ބުނެފައިވާގޮތުން އެންމެ މަދުވެގެން 435 ކުޑަކުދިންވެސް މަރުވެފައިވެއެވެ. އަދި 2،025 އަށްވުރެ ގިނަ ކުދިންނަށް އަނިޔާތައް ލިބިގޮސްފައިވާކަން ކަށަވަރުވާކަމަށާއި އެވަރެޖުކޮށް ކޮންމެ ގަޑިއިރަކު ކުޑަ ކުއްޖަކު މަރުވާކަމަށްވެސް އަންދާޒާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: