ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޖެންޓީނާގައި 11 އަހަރުގެ ކުއްޖަކުގެ މަރާއި ގުޅިގެން އިންތިހާބީ މަސައްކަތްތައް ހުއްޓުމަކަށް!

ކުއްޖާގެ މަރާއި ގުޅިގެން ކުރެވޭ އިހުތިޖާޖު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އާޖެންޓީނާގައި 11 އަހަރުގެ ކުޑަ ކުއްޖަކު މަރާލުމާއި ގުޅިގެން އެ ގައުމުގައި ކުރެވެމުންދާ ”ނެޝަނަލް ޕްރައިމަރީ“ގެ އިންތިހާބީ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ބައިންލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން އާޖެންޓީނާގެ އެކި އިސް މަގާމުތަކަށް މީހުން އިންތިހާބުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ބޮޑަށް ކާމިޔާބުކޮށްފާނެކަމަށް ލަފާކުރެވޭ ކެންޑިޑޭޓުންވަނީ ކެމްޕެއިން ނިންމާލުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ކެންސަލްކޮށްފައެވެ. މި ނިންމުންތައް ނިންމާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގައި އިންތިހާބު ބޭއްވުމަށް އިއުލާނުކުރެވިފައިވަނިކޮށެވެ.

ރިޕޯޓުތަކުގައިވާގޮތުން 11 އަހަރުގެ އަންހެން ކުއްޖެއްކަމަށްވާ މޮރޭނާ ޑޮމިންގެޒްއަށް ހަމަލާ ދިނީ ފޭރެ ބައެކެވެ. އޭނާއަށް ހަމަލާ ދިނީ ސުކޫލަށް ދިޔަ މަގުމަތީގައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އެގޮތުން އޭނާގެ މޮބައިލް ފޯނު ޖަހައިގަތުމުގެ ސަބަބުން މަގުމައްޗަށް ވެއްޓުނުކަމަށާއި އެ ހިސާބުން އެ މީހުން އޭނާ އެތަނުގައި ހޭނެތިފައި އޮތް ހާލުގައި ބާއްވާފައި ދިޔަކަމަށް ރިޕޯޓުތަކުގައިވެއެވެ. ހާދިސާ ހިނގި ސަރަހައްދުގެ ސެކިއުރިޓީ މިނިސްޓަރު މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާގޮތުން 11 އަހަރުގެ މޮރޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދިނުމަށް މަސައްކަތްކުރަމުންދަނިކޮށެވެ.

މި މައްސަލައާއި ގުޅިގެން އެ ސަރަހައްދުގެ ރައްޔިތުންވަނީ އިހުތިޖާޖުކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ކުށްތަކަށް އަރައިގަތުމުގެ މައްސަލަވަނީ ސިޔާސީ މައިދާނުގައި ދެކެވެމުންދާ އެންމެ މުހިންމު ވާހަކައަށް ބަދަލުވެފައިކަމަށާއި ހާދިސާގެ ކުރިން ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތައްވަނީ ހުއްޓުމަކަށް އައިސްފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

މި މައްސަލައާއި ގުޅިގެން ގަވަނަރެއްގެ ގޮތުގައި ދެވަނަ ދައުރެއް ކަށަވަރުކުރުމަށް މަސައްކަތްކުރާ ފަރާތަކާއި އެ މަގާމަށް ވާދަކުރައްވާ އިދިކޮޅުގެ މައި ކެންޑިޑޭޓުވެސްވަނީ ކެމްޕެއިން ހަރަކާތްތައް މަޑުޖައްސާލާފައިކަމަށާއި އެ ގައުމުގެ ރައީސްގެ މަގާމަށް އަންނާނެކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ ކެންޑިޑޭޓުވެސްވަނީ ހަރަކާތްތައް ކެންސަލްކޮށްފައިކަމަށްވާއިރު، އިދިކޮޅު ފަރާތްތަކުންވެސް ވަނީ އެގޮތަށް އަމަލުކޮށްފައިކަމަށް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: