ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަށްފުލުހުންނަށް އިދިކޮޅުން ގޮވާލައިފި

އިދިކޮޅުން މަސްވެރިންގެ ދިފާއުގައި ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: ސަންގު-- މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ޣައިރު ޤާނޫނީ ޢަމުރުތަކަށް ތަބާނުވުމަށް ދިވެހި ފުލުހުންނަށް އިދިކޮޅުން ގޮވާލައިފިއެވެ.

މިކަމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީއިން ނެރުނު ނޫސް ބަޔާނުގައި ބުނީ ގއ. ވިލިނގިލީގައި ސުލްޙަވެރިކަމާއެކު، އިޙުތިޖާޖު ކުރަމުން ދިޔަ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް އަނިޔާކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުން ކުށްވެރިކުރަށެވެ. ޤާނުނުއަސާސީއިން ލިބިދީފައިވާ އަސާސީ ޙައްޤަށް ހުރަސް ނޭޅުމަށް ގޮވާލައި ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޢާއިލާއަށް ނުޙައްޤުން އަނިޔާވެރިވެ، ޖަލުގައި ބަންދުކޮށްފަ ބަހައްޓައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގއ. ވިލިނގިއްޔަށް ކުރެެއްވި ދަތުރާއި ދިމާކޮށް އިހުތިޖާޖު ކުރި އާންމު ހައްޔަރު ކުރުމަށް ހާލަތާއި ނުބައްދަލ ބާރުގެ ބޭނުންކޮށްފައިވާކަމަށެވެ. 

ޤާނޫނުއަސާސީއާއި ޤާނުނުތަކުން ދިވެހި ރައްޔިތުންނަށް ލިބިދޭ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމާއި އިޙުތިޖާޖު ކުރުމުގެ ޙައްޤަށް ސަރުކާރުން އަރައިގަންނަކަމަށް ތުހުމަތުކޮށް ބަޔާނުގައި ބުނެފައިވަނީ، ވިލިނގިލީގެ 3 މީހަކު އަނިޔާވެރިކަމާއެކު ހައްޔަރުކުރި ކުރުން އެ ކޯލިޝަނުން ބަލައިނުގަންނަކަމަށެވެ. ސުލްޙަވެރިކަމާއެކު، ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމަކީ ޤާނޫނުއަސާސީ އިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤަކަށްވާއިރު، އެކަންކަމަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވަލާފައިވެއެވެ. އަދި ސަރުކާރުގެ ޣައިރު ޤާނޫނީ ޢަމުރުތަކަށް ތަބާނުވުމަށް ދިވެހި ފުލުހުންނަށް ގޮވާލާފައިވެއެވެ.

އެއާއެކު ރައީސް ޔާމީނާއި، އެމަނިކުފާނުގެ ޢާއިލާއަށް ކުރަމުން ގެންދާ އަނިޔާ ހުއްޓާލައި އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުމަށްވެސް ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: