ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ފައިދާ ހުރި ތަރައްގީގެ މަޝްރޫއުތަކުގެ ހުރަހަކަށް ނުވާނަން: މުއިއްޒު

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ތަރައްގީ ގެނެސްދީ، ތަރައްގީ ދެކެ ލޯބިވާ މުޖްތަމައެއް އުފެއްދީ ކޮންގްރެސް ކޯލިޝަނުންކަމަށް ދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ އިދިކޮޅުގެ ކެންޑިޑޭޓު ޑރ. މުއިއްޒު ރަސްމީ ކެމްޕެއިންތައް މިއަދު ފެއްޓެވީ ތިލަދުންމަތިންނެވެ. މި ދަތުރުފުޅުގެ ތެރެއިން ހދ. ހަނިމާދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ އިދިކޮޅު ކޮންގްރެސް ކޯލިޝަނީ ތަރައްގީ ގެނައުމުގެ އަމަލީ މަސައްކަތުގެ ނަތީޖާ ދެއްކި ބައެއް ކަމަށެވެ. އަދި ރައްޔިތުންނާއި ހަމައަށް އެންމެ ފުރިހަމަ ތަރައްގީ ގެނެސްދީ، އެ ފުރިހަމަ ކުރީ އިދިކޮޅުންކަމަށް ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ބައެއްގެ މައްޗަށް ނުފޫޒުތައް ފޯރުވައި، އަނިޔާ ކުރުމަކީ އެއްވެސް ހާލަތެއްގައި ގެންގުޅުއްވާނެ ސިފައެއް ނޫންކަމަށް ތަކުރާރުކޮށް މުއިއްޒު ވިދާޅުވީ ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނެސްދޭނެކަމުގެ ވައުދުވާކަމަށެވެ. އެކަމަކު އޭގެ މާނައަކީ ހިނގަމުން ދާ އެއްވެސް ތަރައްގީގެ ޕްރޮޖެކްޓަކަށް ހުރަސް އަޅައި އެ ހުއްޓުވުމެއް ނޫންކަމަށާއި، ރައްޔިތުންނަށް ވާ ކޮންމެ މަންފާއެއްގައި އެކުގައި ހުންނަވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހަނިމާދޫގެ ބައެއް މަޝްރޫއުތައް ފާހަގަކޮށް މުއިއްޒު ވިދާޅުވީ ރަށުގެ އެއާޕޯޓު ފަދަ މަޝްރޫއުތައް ފައިދާ ވާގޮތަށް ކުރިޔަށް ދާނަމަ އޭގެ ވަރަށް ބޮޑެތި ނަފާތައް ލިބުނީސް ކަމަށެވެ. އެއާއި އެކު ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، ރަށުގެ މީހުންނަށް ފައިދާ ވާނެ ގޮތްތައް މިހާރަށް ވުރެ ރަނގަޅަށް އިންތިޒާމު ކުރެވެން ވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމްއަކީ ތަރައްގީއަށް ލޯބި ކުރާ ތަރައްގީ ގެންނަން ބޭނުންވާ ބައެއް ކަމަށާއި އެކަން ރައީސް ޔާމީންގެ ފަސް އަހަރު ވާނީ ސާބިތުކޮށްދީފައި ކަމަށެވެ.

ބޮޑުތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، ހަނިމާދޫއަށް ފަހު މުއިއްޒު ދެން މިއަދު ވަޑައިގަންނަވާނީ ނޮޅިވަރަމް އާއި ކުޅުދުއްފުއްޓަށެވެ. މިރޭގެ ބޮޑު ޖަލްސާ އޮންނާނީ ކުޅުދުއްފުށީގަ އެވެ.

އިންތިހާބާއި ގުޅުން ހުރި ކެމްޕެއިންގެ އިވެންޓުތަކުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައި ވަނީ، ސިޔާސީ ގޮތުން ބަޔަކާއި ޖައްސާލައި އަނިޔާ ނުދެއްވާނެ ކަމަށެވެ.

ސިޔާސަތުތަކުގެ ތެރޭގައި މުއިއްޒު އެންމެ ހާއްސަ އިސްކަމެއް ދޭނެެ ދާއިރާއެއްކަމަށް ވިދާޅުވީ ބޯހިޔާވަހިކަމެވެ. އެގޮތުން ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ލިބިވަޑައިގެންފި ނަމަ، އެ މުއްދަތުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ގެންނަވާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: