ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަގްސަދުގައި ކުރަން ބޭނުންވާ އެވެސް ކަމެއް ނެތް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަގްސަދުގައި ދެން އިތުރައް ކުރަން ބޭނުންވާ އެއްވެސް ކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހް ނ.މާޅެންދޫއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ ސިޔާސީ ކަންތަކުގައި ދެން އަރާނެ އިތުރު ހަރުފަތެއް ނެތް ކަމަށެވެ. ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ގިނަ މަސައްކަތް އެއްފަހަރާ ކޮށް ނިމުމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ހެޔޮ ނަތީޖާ ފެންނާނީ ކުޑަ ދުވަސް ކޮޅަކުން ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކުރިޔަށް އޮތް ދައުރުގައި އެމަނިކުފާނުގެ މަގްސަދަކަށް ވާނީ  މިހާރު ފަށާފައި ހުރި މަސައްކަތްތައް ނިންމާ ރައްޔިތުންނަށް އުފާވެރި އަމާން ދިރިއުޅުމެއް ހޯދައިދިނުން ކަމަށެވެ. އަދި ރައިސް ވިދާޅުވީ ދެނަވަ ދައުރު ނިމޭއިރު ރާއްޖެ މިހާރަށް ވުރެ ތަރައްގީ ވެފައި ވާނެކަމަށެވެ.

އެމްޑީޕީގެ ”އުފާވެރި ދިރިއުޅުމެއް“ އެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ތިބި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ  ވަސީލަތްތަށް ގާއިމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއެވެ. ހަމައެއާއެކު ރައީސް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ ރަށް ރަށުގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތަށް ވަރަށް މަދު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރެއް ރައްޔިތުން ހޮވަނީ އެމީހުން ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށްކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން ސަރުކާރައް ފައިސާ ދައްކާއިރު އެފައިސާ ހެޔޮގޮތުގައި ބެނުންކޮށް ރައްޔިތުން ބޭނުންވާ ކަންކަން ތަފާތު ކުރުމެއްނެތި ހަމަހަމަ ގޮތެއްގައ ހުރިހާ ރައްޔިތުންނަށް ފޯރު ކޮށްދޭން ޖެހޭނެ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މިހާރުވެސް ރާއްޖޭގައި 500 އަށް ވުރެ ގިނަ ކުޅިވަރާއިބެހޭ ތަރައްގީގެ މަޝްރޫއުތަށް ހިންގަމުންދާ ކަމަށެވެ. އަދި ސިއްހީ ދާއިރާއަށް ވެސް ތަރައްގީ ގެންނަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: