ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔާނުދާ ސަރުކާރެއް ނިމުމަކަށް ގެނައުން އޮތީ ރައްޔިތުންގެ އަތް މަތީ: މުއިއްޒު

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭނުން ވަނީ ނަތީޖާ ނެރެންކަމަށާއި، މަގާމުތަކަށް އައްޔަނު ކުރާނީ ކަމަށް ގާބިލު އިލްމީ މީހުންކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑީޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓު މުއިއްޒު ކެމްޕެއިން ދަތުރުތައް މިއަދު ފެއްޓެވީ، ތިލަދުންމަތީންނެވެ. އަދި އެންމެ އުތުރުން ފެށި ދަތުރުފުޅުގައި މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތާއި އަދި ރައްޔިތުންގެ ޝަކުވާތައް ގާތުން ދެނެގަނެވޭނެކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުހައްގު ހުކުމެއްކޮށް 1000 ދުވަހު ޖަލުގައި ބޭއްވި އަނިޔާވެރި ސަރުކާރެއް ކަމަށެވެ. ކުޅުދުއްފުށީގައި ޖަލްސާ ކުރިޔަށް ގެންދާއިރު، އެ ރަށަކީ މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގެ ދައުރުގައި އެންމެ ގާތުން ތަރައްގީ ގެނުނު ރަށެވެ. އެކަމަކު މިއަދު ކުޅުދުއްފުށި ފެންނަނީ މުއިއްޒު ވިދާޅުވި ގޮތުގައި ތަރައްގީން އެކަހެރިވެ، ބާކީވެފައިވާ ރަށެއްގެ ގޮތުގަ އެވެ.

މުއިއްޒު ވިދާޅުވީ ސިޓީއެއްގެ ދަރަޖެ ދެވިފައިވާ ރައްޔިތުންތަކެއް ތިބި ރަށެއްގެ ރައްޔިތުންގެ ހައިސިއްޔަތުން ބޭނުންވާ އެތައް ބަދަލުތައް ހުންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ އެ އުންމީދުތައް ހަގީގަތަކަށް ހަދައިދެއްވާނީ އިދިކޮޅުންކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކޮންމެ ރަށެއްގައި ދިރިއުޅުނު ނަމަވެސް، އެ ރައްޔިތުންނަށް އެހެން ރަށްތަކެކޭ ވެސް އެއްގޮތަށް ހަމަހަކަމާއި އެކު ފުރުސަތު ދޭންޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވެ، އިދިކޮޅުގެ ސަރުކާރެއް ގާއިމު ކުރެވޭ ހާލަތެއްގައި ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އިދިކޮޅުގެ ވިސްނުމަކަށް ވާނީ މަޝްރޫޢުތައް ހުއްޓުވުމަކަށް ގެނައުމަށްކަމުގައި ބައެއް އާންމުން ބުނަމުން ދިޔަ ކަމަށެވެ. އެކަމަކު އެއީ ހަގީގަތެއް ނޫންކަމަށާއި ރައްޔިތުންނާއި ގުޅުން ހުރި މަޝްރޫއުތައް ހުއްޓުވައި، ތަރައްގީގެ ޕްރޮޖެކްޓުތައް ނައްތާލުމަށް މަސައްކަތް ކުރުން އެއީ އިދިކޮޅުގެ ސިފައެއް ނޫންކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ކޮންމެ ނަމެއްގައި ކެމްޕެއިންތައް ހުރި ނަމަވެސް، ރައްޔިތުން ގޮތް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ނަތީޖާ ނެރެން ކުރާ މި މަސައްކަތުގައި މިހާރު ވެސް، އެތައް ރެއެއް ހޭދަ ކުރައްވަނީ ޝަކުވާތައް ހައްލު ކުރުމުގައިކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ވެސް މަސައްކަތް ކުރުމުގެ މަސްއޫލިއްޔަތުގައި ތިބީ ކަމަށް ގާބިލު އިލްމީ ބައެއް ކަމަށެވެ.

އަންނަ މަހު ބާއްވާ އިންތިހާބުން ސަރުކާރު ބަދަލު ކުރުމަށް ގޮވާލައި، މުއިއްޒު ވިދާޅުވީ އަނިޔާވެރިކަމަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި ރައީސް ސޯލިހު ބަލި ކުރާނީ ވޯޓުންކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: