ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ބިރަށް މުއިއްޒު ފަހަތަށް ނުޖޭހެނެ، އިތުބާރު އެބައޮތް: ސެމްބެ

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓ ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށާއި، އެއީ ބަޔަކު އުނދަގޫތަކެއް ކުރުމުން ފަހަތަށް ޖެހޭނެ ބޭފުޅެއް ނޫންކަމަށް ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ބޭއްވި ބޮޑު ޖަލްސާގައި ދެއްކެވި ވާހަކައިގައި ހުސެއިން ތަކުރާރުކޮށް ދެއްވި ޔަގީންކަމަކީ އޭނާގެ ފުރިހަމަ އިތުބާރު ރައީސް ޔާމީނަށާއި، ކެންޑިޑޭޓައް އެބައޮތް ކަމެވެ. ސެމްބެ ވިދާޅުވީ ސިޔާސީ މައިދާނުގައި އަބަދުވެސް ބޭނުން ވަނީ ރައީސް ޔާމީނާއި އެކު ކުރިޔަށް ދިއުމަށްކަމަށާއި އުންމީދަކީ އެމަނިކުފާނާއި އެކު ވީހާވެސް އަވަހަށް މަސައްކަތް ކުރެވޭނެ ގޮތް ވެގެން ދިއުން ކަމަށެވެ.

ހުސެއިން ވިދާޅުވީ ރައީސް ޔާމީން ރާއްޖެއަށް ރައްޔިތުން އެދޭ ތަރައްގީ ގެނެސްދެއްވުމުގެ ނަތީޖާއަކީ އެއީ ތަރައްގީގެ ބާނީކަން ރައްޔިތުން ގަބޫލު ކުރުން ކަމަށެވެ. ރައީސް ޔާމީން އަބަދުވެސް ވިދާޅުވަމުން އައި ގޮތަށް ރާއްޖޭގެ ހަކަތައަކީ ޒުވާނުންކަން ފާހަގަކޮށް ސެމްބެ ވިދާޅުވީ، ގައުމުގެ މުސްތަގުބަލުންގެ ގޮތުގައި ތިބެ ވިސްނަން ވީ ދިވެހިންނަށް ފައިދާވާން އޮތް ގޮތް ކަމަށެވެ.

ހުސެއިން ވިދާޅުވީ މުއިއްޒަކީ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ ގާބިލު ބޭފުޅެއްކަމަށެވެ. އަދި އެއީ ބައެއްގެ ނުފޫޒަކަށް، އަޑަކަށް ފަހަތަށް ޖެހޭނެ ބޭފުޅެއް ނޫންކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ތައުރީފު ކުރައްވައި ހުސެއިން ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޔާމީންކަމަށްވާއިރު އެއާއި ގާތަށް ވެސް މި ސަރުކާރަށް ދެއްކުނު ބަދަލެއް ނެތް ކަމަށެވެ. އަދި އެކަން ކޮންމެ ރައްޔިތަކު ވެސް ގަބޫލު ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވިސްނުންފުޅާއި، އެމަނިކުފާނުގެ ވެރިކަމުގެ އުމްރާނީ ތަރައްގީގެ އެއް ހިއްސާދާރަކަށް މުއިއްޒު ވެސް ވާނެކަން ފާހަގަކޮށް ހުސެއިން ވިދާޅުވީ ރައްޔިތުންގެ އިތުބާރު މުއިއްޒުއަށް އޮންނާނެކަމަށެވެ. އެހެންކަމުން ޒުވާނުންނަކީ ގައުމުގެ ކަންކަމުގައި ވިސްނައި ބަސް ބުނާ ބަޔަކަށް ވުމަށް ހުސެއިން ގޮވާލި އެވެ.

ހުސެއިން ވިދާޅުވީ ރާއްޖެ އޮތް ހާލަތު މިއޮތީ ފެންނަންކަމަށާއި، އިގްތިސާދީ ގޮތުން ގައުމު ވައްޓާލާފައިވާ އަނދަވަޅުން ސަލާމަތް ކުރެވެން އޮތީ އިދިކޮޅާއި އެކު ކަމަށެވެ.

އަތް ނުފޯރާފަށަށް ގައުމުގެ ކަންކަން ގޮސްފައިވާއިރު ހުސެއިން ގޮވާލީ، އަލަށް އުފަންވާ ކުއްޖާގެ ބޮލުގައި ވެސް އެޅޭ ދަރަންޏާއި މެދު ފުންކޮށް ވިސްނުމަށެވެ.

ޅަދަރިން މި އޮތީ ދަރަނިވެރިކޮށްފައި. އިޖްތިމާއީ ހާލަތަށް ބެލި ކަމުގައިވީ ނަމަވެސް މި އޮތީ ދުވަހަކުވެސް އަތް ނުފޯރާ ވަރަށް މަގުމަތިކުރުއްވާފަ

ޒުވާނުންނަކީ ގައުމާއި މެދު ވިސްނާ ބައެއްކަން ސާބިތިކޮށްދީ، މި ކަންކަމާއި މެދު ރަނގަޅު ނަތީޖާއެއް ހޯދޭނެ ގޮތަށް އަޑު އުފުލަން ހުސެއިން ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ މިއަދު އެންމެ ދެރަވަނީ، ރައީސް ޔާމީން ޖަލުގައި އެތައް ސަތޭކަ ދުވަހެއް ހޭދަ ކުރަން ޖެހި އެމަނިކުފާނަށް ސަރުކާރުން އަނިޔާ ދެމުން ގެންދާތީ ކަމަށެވެ. ރައީސް ޔާމީނާއި އިދކޮޅަށް މި އިންތިހާބު ގެއްލުވާލަން ސަރުކާރުން ކުރަމުން ގެންދާ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: