އަބާދީ ކުދި ރަށް ރަށަށް ކުރީގެ ސަރުކާރުން މާބޮޑު އަހަންމިޔަތެއް ނުދޭ ކަމަށް ރައީސްުލުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ނ. މަގޫދުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ކުރީގެ ސަރުކާރުން އެންމެ ބޮޑަށް ބަލަމުން އައީ ރިޔާސީ އިންތިހާބު ތަކުގައި ވޯޓު އެންމެ ގިނައިން ލިބޭނެ ރަށް ރަށަށް ކަމަށެވެ. ރައީސް ވިދާޅުވީ ބޮޑު އާބާދީ ތަކަށް ކަންކަން ކޮށްދިން ސަބަބަކީ ވޯޓު ކަމަށެވެ. ކުދި ރަށް ރަށުގައި ދިރިުޅޭ މީހުންގެ 200 ވަރަކަށް ވޯޓަކީ އެސަރުކާރަށް މާ ބޮޑު އެއްޗެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. ހުރިހާ ކަމެއްވެސް ކުރީގެ ސަރުކާރުން ކޮށްފައިވަނީ ސިޔާސީ ބޭނުމުގައިކަމަށް ރައީސް ވިދާޅުވިއެވެ.
އެއާހިލާފަށް 2018 އިން ފެށިގެންވެސް އެމްޑީޕީގެ މަގްސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަށް ފޯރުކޮށްދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ މަގޫދޫ ރައްޔިތުން ބޭނުންވިފަދަ މިސްކިތެއް އެރަށުގައި ގާއިމްކޮށްފައި ވާކަމަށާއި ދަތުރު ފަތުރު ކުރުމަށް ދަތިވާތީ އެކަމަށް ހައްލެއް ގެނައުމަށް ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ކޮންޓްރެކްޓު ކުރެވިފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ކޮށްދެއްވާ މަސައްކަތް ތަކަކީ އަސާސީ ހިދުމަތްތަކުގެ އިތުރަށް އިގްތިސާދީ އެތަށް ނަފާއެއް ރައްޔިތުންނަށް ލިބޭނެ ކަންކަން ކަމަށެވެ. ފެނާ ނަރުދަމާގެ ނިޒާމާއި، ކަރަންޓާއި އަދި ލަފާ ފުރުން ފަސޭހަވުމުން އޭގެން އިގްތިސާދީ އެތަށް ފައިދާއެއް ކުރާ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މަގޫދޫ އަކީ ޓޫރިޒަމް އަށް ފައްކާވެފައިވާ ރަށެއް ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ މަގޫދޫގެ މުސްތަގުބަލު ވަރަށް އުޖާލާ ކަމަށެވެ. އެރަށައް ގިނަ ބަޔަކު ދިރިއުޅުން ބަދަލުކުރާނެކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް މީގެ އިތުރުން ވިދާޅުވީ މަގޫދޫގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރިޔަށް އޮތް ދަރުގައި ފުރިހަމަކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

