ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާ ދިނުމުގައި މައްސަލައެއް ނެތަސް ޒުވާނުން ތިބީ ބިރުދައްކާފައި: އިލްޔާސް

ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބު: ފޮޓޯ/ ޑިމޮކްރެޓްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޒުވާނުންނަށް ސަރުކާރުގެ ވުޒާރާތަކާއި ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދިނުމުގައި މައްސަލައެއް ނެތްކަމަށާއި އެހެންނަމަވެސް ވަޒީފާ ދިނުމަށްފަހު ބިރުދައްކާފައި ބަހައްޓާކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ގއ ކޮލަމާފުށީގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ، ވަޒީފާ ދިނުމަށްފަހު ސިޔާސީ ގޮތުން ސަރުކާރުން ބުނާ ގޮތަށް ކަންކަން ކުރަންޖެހޭނެކަމުގެ އިރުޝާދު ދޭކަމަށެވެ. އޭނާ ވިދާޅުވީ، އެކަމާއި ދެކޮޅު ހަދާ ކުދިންނަށް އިންޒާރު ދެމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުން އަމަލުކުރުމަށް ބުނާ ގޮތާއި ހިލާފަށް ސިޔާސީ ވިސްނުން ގެންގުޅޭ ޒުވާނުންގެ ވަޒީފާގެ ޕްރޮމޯޝަންވެސް ހިފަހައްޓާކަމަށެވެ. އޭނާ ވިދާޅުވީ، ބުނާ ގޮތަށް އަމަލުނުކުރާ ނަމަ މަސައްކަތުގެ މާހައުލުން އެކަހެރިކޮށް އެއްވެސް ޒިންމާއެއްވެސް ހަވާލު ނުކުރާކަމަށެވެ.

އިލްޔާސް ވިދާޅުވީ، ސަރުކާރު ވަޒީފާތަކުގައި ތިބި ޒުވާނުންނަށް ފޭސްބުކުގައި ކޮމެންޓެއްކޮށްލަންވެސް ނުކުރޭކަމަށާއި ސޯޝަލްމީޑިއާގައި ޖުމުލަ ގޮތަކަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތްއިރު، މީހަކު ލިޔާ އެއްޗެއް ކަމުދާކަމަށް ފާހަގަކުރުމަކީވެސް މިއަދު ޒުވާނުންނަށް ކުރަން ނުކެރޭކަމެއްކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ވެފައިވަނީ ސަރުކާރުން ޒުވާނުންނަށް ވަޒީފާގެ ބިރު ދައްކާފައިތިބުމުންކަމަށެވެ.

އޭނާ ވިދާޅުވީ، އެއީ ރާއްޖޭގެ ރައްޔިތުން އެދެމުންދާ ގޮތެއް ނޫންކަމަށެވެ. އިލްޔާސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން މިހާރު އޮތް ގޮތަށް ރާއްޖެ ބަދަލުވެގެންދިއުމަށް ނޭދޭކަމަށެވެ. އޭނާ ވިދާޅުވީ، 2008 ވަނަ އަހަރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއިއެކު ކުރެވިގެންދިޔަ މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރަން ބޭނުންވި މިނިވަންކަމަކީވެސް އެއީ ނޫންކަމަށެވެ.

އޭނާ ވިދާޅުވި، ބިނާކުރަމުންދިޔަ ކަންކަން ބަދަލުވެ އަނެއްކާވެސް ރައީސް މައުމޫނުގެ ވެރިކަމުގައި ކަންކަން ހުރި ގޮތަށް ބަދަލުވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ހިތްވަރު ކުރުމަށް ޒުވާނުން ކިބައިން އެދިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ބިރުނުގަތުމަށާއި ޑިމޮކްރެޓްސްގެ ސަރުކާރެއްގައި މިހާރު ސަރުކާރުގެ ކޮންޓްރެކްޓް ވަޒީފާތަކުގައި ތިބި ކުދިންނާއި އެހެނިހެން ޒުވާނުންނަށްވެސް ވަޒީފާގެ ބިރެއް ނޯންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: