ކުރީގެ ސަރުކާރުން ކަންކަން ކޮށްފައިވަނީ ދެތިން ރަށަކަށް އަމާޒުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
މިލަދޫ ގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ އެ ރަށަކީ ކުޑަ އާބާދީއެއް އޮންނަ ރަށެއް ނޫން ކަމަށެވެ. ނަމަވެސް މިލަދޫގެ ރައްޔިތުން ބޭނުންވާ އެތަށް ކަމެއް ނުވެ ހުރިކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކުރީގެ ސަރުކާރުން ތަރައްގީ ގެންނާނީ ހަމައެކަނި ބޮޑެތި އާބާދީ އަށޭ ބުނާ ވާހަކަ ދިމާ ނުވާކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. އަދި އެނބުރި މާޒީއަށް ދާން ޖެހިއްޖެ ނަމަ ތަޖުރިބާ ކުރަން ޖެހޭނީ ވަރަށް ހިތި ދުވަސް ތަކަކާއި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖަޒީރާ ރާއްޖޭގެ މެނިެސްޓޯއަކާއި އެކު ނިކުމެވަޑައިގަތީ އޭރުވެސް ރައްޔިތުން ބޭނުންވާ ހިދުމަތް ފޯރު ކޮށްދޭން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްގީ ގެންނެސްދެނީ ރަށުގެ ބޮޑުމިނާއި ކުޑަމިން ނުބަލާ ނުވަތަ އެރަށެއްގެ އާބާދީ އަށް ވެސް ބަލައިގެން ނޫންކަމަށެވެ. އަދި ވަކި ރައްޔިތަކަށް ތަފާތު ކުރުމެއްމެތި ގާނޫނު އަސާސީއިން ސަރުކާރަށް ލާޒިމް ކޮސްފައިވާ ހިދުމަތް ތަށް ކަމަށެވެ.
141 ރަށުގައި ފެނާއި ނަރުދަމާ އަޅަން ޖެހުނު ކަމަށާއި، 150 ރަށެއްގައި އިންޖީނު ގެއާ ނެޓްވޯކް ބަދަލުކޮށް ކަރަންޓުގެ ހިދުމަތް ދޭން ޖެހުނުކަމަށާއި އަދި 125 އަށް ވުރެ ގިން ރަށުގެ ބަނދަރު ހަދާ ލަފާ ފުރުން ހައްލުކުރަން ޖެހުނުކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އެތައްކަމެއް ނުކޮށް ދޫކޮށްލާފައި ހުރިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ކިތަމެ ގިނަ ވައުދުތަށްވި ނަމަވެސް އެ ވައުދުތަށް ފުއްދޭމަންޒަރު ނުފެންނަކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ދެވަނަ ބުރަކަށް ވާދަކުރައްވާ ކަމަށް ދަންނަވާ ވިދާޅުވީ މިހާރު އެޅިފައިވާ ބިނަގަލުގެ މަތީގައި ކުރިޔަށް ދެވިއްޖެނަމަ ރައްޔިތުންގެ މުސްތަގުބަލު އުޖާލާ ވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހުރިހާ އަސާސީ ހިދުމަތްތަށް ފުރިހަމަވެ މިހާރު ވަނީ ނިމުމުގެ މަރުހަލާގައި ކަމަށް ރައީސް ވިދާޅުވިއެވެ.

