ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މިނިވަން ކުރުމަށް ސިޔާސީ ބާރުވެރިކަން ބޭނުންވޭ: މުއިއްޒު

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިނިވަންކަން ހޯދައިދޭން ސިޔާސީ ބާރުވެރިކަން ހޯދުން މުހިންމުކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 09 ގައި އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން އެންމެ އުތުރުން މުއިއްޒު ފެއްޓެވި އިރު ވޯޓާއި ދެމެދު ބާކީ އޮތީ 27 ދުވަހެވެ. ހއ. އާއި ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހދ. މަކުނުދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގެ ތަރައްގީގެ ބާނީކަމަށާއި އެކަން ދިވެހި ކޮންމެ ރައްޔިތަކު ވެސް ގަބޫލު ކުރާކަމަށެވެ.

އެމަނިކުފާނުގެ ވިސްނުމާއި އެއްގޮތަށް ދިވެހިންނަކީ ތަރައްގީ ބޭނުންވާ ތަރައްގީއަށް ލޯބި ކުރާ ބައެއްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރަކުން ގާނޫނީ ހަމަތަކާއި އެއްގޮތަށް ރައީސް ޔާމީން މިނިވަން ކުރާނެކަމަށެވެ. އެކަމަށް ބޭނުން ވަނީ ސިޔާސީ ބާރުވެރިކަންކަމަށާއި ސެޕްޓެމްބަރުގެ 09 ގައި އޮތް އިންތިހާބުން ރައްޔިތުން މި ސަރުކާރު ބަލި ކުރަން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީން އޮންނެވީ ނުހައްގުން ޖަލުގަ… 1000 ދުވަސް ވީ.. އެމަނިކުފާނު ޖަލުން މިނިވަން ކުރުމަށް ސިޔާސީ ބާރުވެރިކަން ލިބެން ޖެހޭ.. އެހެންކަމުން އެންމެ ފުރަތަމަ ދުވަހު ވެސް އެމަނިކުފާނު މިނިވަން ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް.. އެކަން އަޅުގަނޑު ކުރިޔަށް ގެންދާނަން

ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމަކީ މުއިއްޒު ވިދާޅުވި ގޮތުގައި ސިޔާސީ ހުކުމެކެވެ. އަދި އެމަނިކުފާނަށް ނުހައްގުން އިއްވާފައިވާ ހުކުމަށް 1000 އަށް ވުރެ ގިނަ ދުވަސްވީއިރު ސަރުކާރުން ބޭނުން ވަނީ ރައީސް ޔާމީން ބަންދުގައި ބަންދުގައި ބޭއްވުމަށްކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަށް ފުރުސަތު ނުދޭނެކަމަށާއި، ރިޔާސީ އިންތިހާބުގެ ވޯޓުން މި ސަރުކާރު ބަދަލު ކުރާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ދެއްކެވި ބައެއް ވާހަކަތައް ތަކުރާރު ކުރައްވައި މުއިއްޒު ވިދަޅުވީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށެވެ.
ޕީޕީއެމްގެ ސަރުކާރެއްގައި މަޝްރޫއުތައް ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވަނީ މި ސަރުކާރަށް ރައްޔިތުންގެ ވިންދު ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: