ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް މަސްދުވަހުގެ ކާޑު ގަންނަ ވަރަށްވެސް ރިޒާވުގައި ފައިސާ ނެތް: ސައީދު

މާވަށު ދާއިރާގެ މެމްބަރު ސައީދު: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރިޒާވުގައި އެއް މަސްދުވަހުގެ ކާޑު ގަތުމަށް ބޭނުންވާ މިންވަރަށް ފައިސާ ނެތްކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މާލޭގެ މޭޔަރ ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސައީދުވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތާއިމެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ލިބިއްޖެ ހާލަތެއްގައި 2024 ވަނަ އަހަރު ދިވެހިރާއްޖޭގައި އިންޑިއާގެ ފައިސާ ބޭނުންކުރަން ފަށާނެކަމަށެވެ. ސައީދު ވިދާޅުވީ، އެ ހިސާބުން ރާއްޖޭގެ ވިޔަފާރީގެ “ހުރިހާ ނެޓުވޯކެއް ހުރިހާ ސްވިފްޓް ކޯޑެއް” ވިޔަފާރިކުރަމުންދާނީ އިންޑިއާ މެދުވެރިކޮށްކަމަށެވެ.

ސައީދު ވިދާޅުވީ، 2024 ވަނަ އަހަރުން ފެށިގެން ޖުމުލަގޮތެއަގައި ރާއްޖޭގެ އެންމެހާ އިގްތިސާދީ މިނިވަންކަން ގެއްލި، އަޅުވެތިވެގެންދާނެ ފުރަތަމަ ފަހަރަށް ވެގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، 114 ބިލިއަން ރުފިޔާގެ ދަރަނި “އުފަން” ކުރި އިރު ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާނީ ކޮންމެ ފަސް އަހަރަކުން ފުރުސަތެއްކަމަށެވެ. އޭނާ ވިދާޅުވީ، މާލިއްޔާތުން ވައްކަން ނުކުރުމަށާއި މާލިއްޔާތަށް އިތުރުކޮށްދިނުމަށް ރައްޔިތުން އެދޭކަމަށެވެ. އެހެންކަމުން އެގޮތުގެ މަތިން އަމަލުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މާލިއްޔާތަށް ތިން ގުނަ އިތުރުކޮށްދެއްވިކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖޭގެ ރިޒާވުގައި އެއް ބިލިއަން ހުރިކަމަށް ސައީދު އިޝާރާތްކުރެއްވިއެވެ.

ސައީދު ވިދާޅުވީ، އެހެންނަމަވެސް މިއަދު އެ ރިޒާވުގައި އެއް މަސްދުވަހުގެ ކާޑު ގަތުމަށް ބޭނުންވާ އަދަދަށްވެސް ފައިސާ ނެތްކަމަށެވެ. އޭނާ ވިދާޅުވީ، އެ އަދަދަށް ފައިސާ ނެތްއިރު، “ހައްދަވައިގެން ފެންނަން އަތުން ހިފޭ” ޕްރޮޖެކްޓެއް ނެތްއިރު 114 ބިލިއަން ރުފިޔާގެ ދަރަންޏެއް ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެ އަދަދުގެ ތެރެއިން 65 ބިލިއަން ރުފިޔާއަކީ ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައި އުފައްދަވާފައިވާ ދަރަނިކަމަށެވެ. ސައީދު ވިދާޅުވީ، ޑޮލަރުގެ އަގުވެސް މަތިވެގޮސް މިހާރު ޑޮލަރެއް ލިބެނީ 18 ރުފިޔާއަށްކަމަށެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖެ އޮތީ މާޔޫސްވެފައިކަމަށާއި ރާއްޖެ އޮތީ އަޅުވެތިވެފައިކަމަށެވެ. ސައީދު ވިދާޅުވީ، މި ދައުރުގައި ދިވެހިންގެ ހިތްތަކުގައި “ކޫރުން އަޅުވައިފި” ކަމަށާއި ހިތްތައް “ކޮށައިފި” ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުންވަނީ ޒުވާނުންގެ އުންމީދުތައް ފުންޑާލާފައިކަމަށާއި “މުޅި ގައުމު ރޭޕުކޮށްފި” ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ގައުމީ ވަންތަކަމާއި އިގްތިގުލާލުވެސް ރޭޕުވެފައިވާކަމަށެވެ. އެހެންނަމަވެސް ކޮންމެ ނާމާންކަމަކާއިއެކުވެސް އުންމީދެއް އަންނާނެކަމަށާއި ކޮންމެ ހިތާމަޔަކާއިއެކުވެސް އުންމީދެއް އޮންނާނެކަން ވިސްނަވައިފި ނަމަ ފެނިގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ މެންޓަރޝިޕުގެ ދަށޫން ނެރިފައިވާ ކެންޑިޑޭޓު މުއިއްޒު އަދި ރަނިންގް މޭޓު މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހަކަތައާއިއެކު ރާއްޖެ އަނބުރާ އޮތްތަނަށް ރުޖޫއަކުރުމަށްޓަކައި ކުރަންޖެހުނު ހުރިހާ ކަމެއްވެސް ރެޔާއި ދުވާލު ކުރަމުންދާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

ސައީދުވަނީ އެ ޕާޓީގެ ކެންޑިޑޭޓު މުއިއްޒު ޖަލްސާއެއްގައި ދެއްކެވި ވާހަކައެއް ފާހަގަކުރައްވާފައެވެ. އެގޮތުން ކެބިނެޓުގައި ތިއްބަވާ ފަރާތްތަކަކީ ދަންވަރުގެ ވަގުތުގައިވެސް ހާޒިރުވާންޖެހޭނެ ފަރާތްތަކެއްކަމަށް ދޭހަވާ ގޮތަކަށް މުއިއްޒު ވާހަކަދައްކަވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ސައީދު ވިދާޅުވީ، މުއިއްްޒު ވިދާޅުވީ، ރައްޔިތުންގެ އުންމީދުތަކަށް ދިރުން ގެނައުމަށްޓަކައި ކޮންމެ ގަޑިއެއްގައިވެސް ހާޒިރުވާންޖެހިދާނެ ވާހަކަ ކަމަށެވެ. އޭނާ ވިދާޅުވީ، ކުރިން ދެންނެވި ފަދައިން ނާމާންކަމުގެ ތެރެއިން އުންމީދު ފެށިގެން އަންނަނީ އެހިސާބުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: