ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނާއި ސިފައިންގެ މުއައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާ ކޮށްދޭނަން: މުއިއްޒު

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށްއޮތް 5 އަހަރުގެ ދައުރަކަށް އިންތިހާބުވެ ވަޑާއިގެންފިނަމަ ދިވެހި ފުލުހުންގެ މުއައްސަސާ އާއި ސިފައިންގެ މުއައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާ ކޮށްދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ދިއްދޫ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިހާރު ފެނިގެންދަނީ ފުލުހުންނާއި ސިފައިންގެ މުއައްސަސާއަށް އިންތިހާއަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މަންޒަރުކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ދިވެހިންގެ ފަޚުރު ކަމުގައިވާ އެ ދެ މުއައްސަސާގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށާއި، އެ ދެ މުއައްސަސާގެ ފަޚުރުވެރިކަން އަނބުރާ އިޔާދަ ކޮށްދޭނެ ކަމަށެވެ. އެގޮތުން އިންތިހާބު ވެވަޑައިގެންފިނަމަ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެންވެސް ފުލުހުންގެ މުއައްސަސާ އާއި ސިފައިންގެ މުއައްސަސާ އިރާދަކުރެއްވިއްޔާ ސިޔާސީ ނުފޫޒުން އެއްކިބާ ކޮށްދޭނެ ކަމަށް މުއިއްޒު ވައުދުވެ ވަޑައިގެންނެވިއެވެ.

އަޅުގަނޑުމެންނަށް ފެނިގެންމިދަނީ ފުލުހުންގެ މުއައްސަސާއާއި ސިފައިންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުން މިހާރު އިންތިހާއަށް ގޮސްފައިވާތަން. އެކަމުގެ ސަބަބުން އެ ދެ މުއައްސަސާގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތް އެބަކުރޭ އަޅުގަނޑުމެންގެ ފަޚުރު އެ ދެ މުއައްސަސާ އަކީ. އެހެންވީމާ އަޅުގަނޑުދޭ ޔަޤީންކަމަކީ އެ ދެ މުއައްސަސާގެ ފަޚުރުވެރިކަން އަނބުރާ އިޔާދަ ކޮށްދޭނެވާހަކަ. އެ ދެ މުއައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާކޮށްދޭން ކުރެވެންހުރި ހުރިހާ ކަމެއް ކުރަނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އެ ދެ މުއައްސަސާއަށް އަރުވަން. ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެންވެސް ފުލުހުންގެ މުއައްސަސާ އާއި ސިފައިންގެ މުއައްސަސާ އިރާދަކުރެއްވިއްޔާ ސިޔާސީ ނުފޫޒުން އެއްކިބާ ކޮށްދޭނަން.
މިއާއިއެކު މުއިއްޒު ވިދާޅުވީ މިނިވަން ކަމާއެކީގައި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ސިފައިންނާއި ފުލުހުންނަށް ހޯދައި ދެއްވާނެ ކަމަށާއި، ބޭރު ގަޤައުމެއްގެ އަޅުވެތިކަމަށް ބާރު ދޫކޮށްލަން ޖެހޭ އެއްވެސް ކަހަލަ ނުފޫޒެއް ހިންގުމުގެ ޖާގައެއް އެ ދެ މުއައްސަސާއަށް ކުރިމަތިވިޔަކަ ނުދޭނެ ކަމުގެ ޔަގީންކަން ވެސް އަރުވާފައެވެ.

މިނިވަން ކަމާއެކީގައި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ސިފައިންނާއި ފުލުހުންނަށް އިރާދަކުރެއްވިއްޔާ ހޯދައިދޭނަން. ބޭރު ޤައުމެއްގެ އަޅުވެތިކަމަށް ބާރު ދޫކޮށްލަންޖެހޭ އެއްވެސް ކަހަލަ ނުފޫޒެއް ހިންގުމުގެ ޖާގައެއް އިރާދަކުރެއްވިއްޔާ އެ ދެ މުއައްސަސާއަށް ކުރިމަތިވިޔަކަ ނުދޭނަން

މުއިއްޒު އިތުރަށް ވިދާޅުވީ ދިވެހީންނަށް ވީތީ އަމިއްލަ ވަތަނީ ޒިންމާ އަދާކުރަންޖެހޭ ކަމަށާއި، އެ ޒިންމާ އޮތީ މިއަދު ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. އެހެންކަމުން ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި މިކަމަށް ވިސްނާ ދިވެހި ރައްޔިތުން މުއިއްޒަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: